ދުނިޔެ

ގިނަކަންތައްތަކަކަށް އެއްބާރުލުން ދިނުމާ ގުޅޭ މުއާހަދާއެއްގައި އިރާނާއި ރަޝިއާއިން ސޮއިކޮށްފި

ގިނަކަންތައްތަކަކަށް އެއްބާރުލުން ދިނުމާ ގުޅޭ މުއާހަދާއެއްގައި އިރާނާއި ރަޝިއާއިން ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން ދެ ޤައުމުގެ ރައީސުން ކްރެމްލިންގައި ބައްދަލުކުރެއްވުން، ފޮޓޯ: އޭއެފްޕީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 ޖެނުއަރީ 2025، 09:24

18 ޖެނުއަރީ 2025، 09:24

ހުލާސާ

ރަޝިއާ އާއި އިރާނުން މި އެއްބަސްވުމުގައި ސޮއިކުރިއިރު، މި ދެ ޤައުމާ ދޭތެރޭގައި ހުޅަނގުގެ ގިނަ ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވުމާ ގުޅިގެން، ދެ ޤައުމުގެ ދޭތެރޭގައި ވިޔަފާރީގެ ގިނަ މުޢާމަލާތްތަކެއް އަންނަނީ ކުރަމުން.

ގިނަކަންތައްތަކަކަށް އެއްބާރުލުން ދިނުމާ ގުޅޭ މުއާހަދާއެއްގައި އިރާނާއި ރަޝިއާއިން ސޮއިކޮށްފިއެވެ. 

މިކަމަށްޓަކައި ރަޝިއާގެ މޮސްކޯގައި ހުކުރު ދުވަހު އޮތް ޙާއްސަ ރަސްމިއްޔާތެއްގައި އިރާނުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ރައީސް، މަސްއޫދު ޕެޒެޝިއާންއެވެ. އަދި ރަޝީއާގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ރައީސް، ވްލާޑިމިއާރ ޕޫޓިންއެވެ.

ދެ ޤައުމުގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން، ވިޔަފާރިއާއި އަސްކަރީ އެއްބާރުލުމުން ފެށިގެން، ސައިންސާއި ސަޤާފަތާއި ތަޢުލީމީ ރޮނގުން ދެ ޤައުމުން އެއްބާރުލުން ދިނުމަށް ވަނީ ނިންމާފައެވެ.

މި ރަސްމިއްޔާތަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕުޓިން ވިދާޅުވީ، އެ އެއްބަސްވުމާ ގުޅިގެން ރަޝީއާ، އިރާން އަދި ސަރަޙައްދީ ހަމަޖެހުން ޤައިމްކުރުމަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. 

އަދި މި އެއްބަސްވުމާ ގުޅިގެން ކްރެމްލިން އިން ކުރިން ބުނެފައި ވަނީ، މިކަމުގެ ސަބަބުން ތެހެރާނާއި މޮސްކޯއާ ދެމެދުގައި އޮންނަ "އަސްކަރީ-ސިޔާސީ އަދި ވިޔަފާރި އާއި އިގްތިސާދީ" ގުޅުންތައް އިތުރުވާނެ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމުގައި ހިމެނޭ ކަންތައްތަކުގެ ފުރިހަމަ މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިރާންގެ ރައީސް ވިދާޅުވީ، އެއްބަސްވުމާ ގުޅިގެން ދެ ޤައުމުގެ ދޭތެރޭގައި އެކުވެރިކަމުގެ އައު ބާބެއް ފެށިގެންދާނެ ކަމަށާއި، ޙާއްސަކޮށް ދެ ޤައުމުގެ ދޭތެރޭގައި އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިވުން ހިމެނޭކަމަށެވެ.

ރަޝިއާ އާއި އިރާނުން މި އެއްބަސްވުމުގައި ސޮއިކުރިއިރު، މި ދެ ޤައުމާ ދޭތެރޭގައި ހުޅަނގުގެ ގިނަ ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވުމާ ގުޅިގެން، ދެ ޤައުމުގެ ދޭތެރޭގައި ވިޔަފާރީގެ ގިނަ މުޢާމަލާތްތަކެއް އަންނަނީ ކުރަމުންނެވެ. 

އޭގެތެރޭގައި އިރާނުން ރަޝިއާއަށް ފޯރުކޮށްދިން އަމިއްލައަށް ގޮއްވާލާ ޒާތުގެ ޑްރޯންތަކެއް ހިމެނެއެވެ. މި ޑްރޯންތައް ބޭނުންކޮށްގެން ޔުކްރޭންއަށް ހަމަލާތަކެއް ދީފައިވާކަމަށް ޔޫކްރޭންއާއި ޔޫރަޕްގެ ޤައުމުތަކުން ވަނީ ހާމަކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން