ކުޅިވަރު

ވުލްސްބާގް ބަލިކޮށް ބެޔާން މިއުނިކުން އެ ޓީމުގެ ލީޑު ދަމަހައްޓައިފި

ވުލްސްބާގް ބަލިކޮށް ބެޔާން މިއުނިކުން އެ ޓީމުގެ ލީޑު ދަމަހައްޓައިފި

ބެޔާނަށް ގޯލެއް ކާމިޔާބުކޯށްދިނުމަށްފަހު ގޮރެޓްސްކާ އުފާފާޅުކުރަނީ، ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 ޖެނުއަރީ 2025، 09:10

19 ޖެނުއަރީ 2025، 09:10

ހުލާސާ

ހަތަރު ޕޮއިންޓުގެ ލީޑެއްގައި ބެޔާން އެއްވަނައިގައި އޮތް އިރު،ދެވަނައިގައި އޮތީ ބެޔާން ލެވަކޫސެން.

ޖަރުމަން ބުންޑަސްލީގާގައި ހޮނިހިރު ދުވަހުގެރޭ ބެޔާން މިއުނިކުން ވުލްސްބާގް ބަލިކޮށް، ލީގުގެ އެއްވަނައިގައި އެ ޓީމުގެ ލީޑު ދަމަހައްޓައިފިއެވެ. 

މި މެޗުގައި ފުރަތަމަ ލީޑު ނެގީ، ލިއޯން ގޮރެޓްސްކާގެ ގޯލަކުން ބެޔާންއެވެ. މެޗުގެ 20 ވަނަ މިނެޓުގައި، ގޯލާ 25 ޔާޑު ދުރުން ގޮރެޓްސްކާ ފޮނުވާލި ބޯޅަ ގޮސް ވަދެފައިވަނީ ގޯލުގެ ވާތްފަރާތުން ތިރީކަނަށެވެ. 

ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ވުލްސްބާގުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ، އަލްޖީރިއާއަށް ނިސްބަތްވާ މުޙައްމަދު އަމޯރާއެވެ. 

ދެން އަނެއްކާވެސް ފެނިގެންދިޔައީ ބެޔާނުން ލީޑު ނެގިތަކެވެ. މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ކްރިސްޓަލް ޕެލެސްއަށް 45 މިލިއަން ޕައުންޑު ދިނުމަށްފަހު ބެޔާންއަށް ގެނައި މައިކަލް އޮލީސޭ، ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ބޯޅަ ގޮސް ގޯލުގެ ކަނާތްފަރާތު ކަމަށް ވަދެފައި ވަނީ ކީޕަރުގެ އަތުގައި ޖެހުމަށްފަހުއެވެ. އެއީ އޭނާ މި ސީޒަނުގައި ކާމިޔާބުކުރި 10ވަނަ ގޯލެވެ.

ފުރަތަމަ ހާފު ނިމުމުގެކުރިން ބެޔާންގެ ލިޑު ފުޅާކުރުމަށް ޖޮޝުއާ ކިމިޗްއަށް ރަގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އެ ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން ކިމިޗްގެ އަތުގައި ޖެހުނުކަމަށް ރެފްރީ ނިންމިއެވެ.

ބެޔާނަށް ލީޑު ފުޅާކޮށްދިނީ ދެވަނަ ހާފުގައި، އަނެއްކާ ވެސް ގޮރެޓްސްކާއެވެ. އެއީ ބެޔާނަށް ލިބުނު ހިލޭ ޖެހުމެއް ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން، ބޮލުން ޖަހާ އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް، ވުލްސްބާގުން ވަނީ ބެޔާނަށް ލިބުނު ލީޑު ހަނިކޮށްފައެވެ. މެޗުގެ 88 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކުރީ ވެސް، ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް-ގިލޯސްއިން ލޯނު އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ކުޅެމުން އަންނަ އަމޯރާއެވެ. 

މިހާރު 4 ޕޮއިންޓުގެ ލީޑެއްގައި ބެޔާން އެއްވަނައިގައި އޮތް އިރު، ހޮނިހިރު ދުވަހު ކުޅުނު މެޗު ކާމިޔާބުކުރި ބެޔާން ލެވަކޫސެން އޮތީ ލީގުގެ ދެވަނައިގައެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS