Ads by Exprox

ޚަބަރު

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސްކަމަށް ޞަފާ އައްޔަންކޮށްފި

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސްކަމަށް ޞަފާ އައްޔަންކޮށްފި

ބްރޯޑްކޮމްގެ ރައީސް ޞަފާ ޝަފީގް|ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 ޖެނުއަރީ 2025، 06:26

22 ޖެނުއަރީ 2025، 06:26

ހުލާސާ

ބްރޯޑްކާސްޓިން ކޮމިޝަންގައި މިވަގުތު ތިއްބަވަނީ ޖުމްލަ 6 މެންބަރުން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، ބްރޯޑްކޮމްގެ ރައީސްކަމަށް ޞަފާ ޝަފީގް އައްޔަންކޮށްފިއެވެ.

ޞަފާ ޝަފީޤަކީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. ޞަފާ އެ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކޮށްފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ބްރޯޑްކޮމްގެ ރައީސްގެ މަޤާމަށް ޞަފާ އައްޔަންކުރައްވާފައި ވަނީ މިއަދު އެ ކޮމިޝަނުގައި ބޭއްވި ބައްދަލުވުމުގައެވެ. 

ޞަފާ ޝަފީޤަކީ 2006 ވަނަ އަހަރުން ފެށިގެން ޓީ.ވީ.އެމް ގެ އެކި ޕްރޮގްރާމްތައް ހުށައަޅުއްވަން ފަށައިފައިވާ ފަރާތެކެވެ. މީގެ އިތުރުން، ޞަފާ ޝަފީޤު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، (އެމް.އެން.ޔޫ) އިން މާސްޓަރ އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ، އަދި ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓަރ އޮފް ކޮމިއުނިކޭޝަން ހާސިލްކުރައްވާފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގައި މިވަގުތު ތިއްބަވަނީ ޖުމްލަ 6 މެންބަރުންނެވެ. އެއީ، އެ ކޮމިޝަނަށް އަލަށް އައްޔަން ކުރެއްވި އަލްއުސްތާޛާ އާމިނަތު ޞަރާޙަތު ޢިއްޒަތާއި މުޙައްމަދު އަބްދުﷲ ގެ އިތުރުން، ރައީސް ޞަފާ ޝަފީޤް އާއި، ނައިބު ރައީސް މުހައްމަދު ފަޒީން އާއި، މެންބަރު އާމިނަތު އަމީނާ، އަދި ޝިފްލާ އިބްރާހީމެވެ.

ބްރޯޑްކޮމްގެ ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާގެ ދައުރު ހަމަވުމުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco