Ads by Exprox

ޚަބަރު

ރ. ކިނޮޅަސް ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ރ. ކިނޮޅަސް ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ރ. ކިނޮޅަސް ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އެޅުން|ފޮޓޯ:ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ޖެނުއަރީ 2025، 05:09

23 ޖެނުއަރީ 2025، 05:09

ހުލާސާ

ކައުންސިލް އިމާރާތްކުރުމަށް ކިނޮޅަސް ހިމެނޭހެން 4 ރަށެއްގައި ވަނި ބިންގާ އަޅާފައި

ރ. ކިނޮޅަސް ކައުންސިލްގެ އައު އިމާރަތް ހެދުމަށް ބިންގާ އަޅައިފިއެވެ. ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެވެ.

މި ރަށުގެ އައު ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ރަށަށް ވަޑައިގެންނެވެ.

ސަރުކާރުން ވަނީ ރާއްޖޭގައި މިވަގުތު އެންމެ ދަށް ފެންވަރަކަށް ހުރި 55 ކައުންސިލެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި، މި މަސައްކަތް ކުރިއަށް ދަނީ، މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކޮށްގެން ކަމަށް ސަރުކާރުން މަޢުލޫމާތުދެއެވެ. މި 55 ކައުންސިލް އިމާރާތް ކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަސް ހިމެނޭހެން 4 ރަށެއްގައި ވަނި ބިންގާ އަޅާފައެވެ.

ކައުންސިލްތައް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ބިންގާ އަޅާފައިވަނީ ރ. މަޑުއްވަރީގައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco