Ads by Exprox

ޚަބަރު

ރ. ކިނޮޅަހުގައި އޭޓީއެމް ބެހެއްޓުމަށް ކައުންސިލާއެކު އެބަސްވުމުގައި ސޮއިކޮށްފި

ރ. ކިނޮޅަހުގައި އޭޓީއެމް ބެހެއްޓުމަށް ކައުންސިލާއެކު އެބަސްވުމުގައި ސޮއިކޮށްފި

ރ. ކިނޮޅަހުގައި އޭޓީއެމް ބެހެއްޓުމަށް ކައުންސިލާއެކު އެބަސްވުމުގައި ސޮއިކުރުން| ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ޖެނުއަރީ 2025، 01:39

23 ޖެނުއަރީ 2025، 01:39

ހުލާސާ

ކިނޮޅަހަކީ ރ. އަތޮޅުގައި ބީއެމްއެލް އޭޓީއެމް ބެހެއްޓުމަށް ކައުންސިލާއެކު ސޮއި ކުރި 6 ވަނަ ރަށް

ރ. ކިނޮޅަހުގައި ބޭންކް އޮފް މޯލްޑިވްސް، ބީ.އެމް.އެލް ގެ އޭޓީއެމް އެއް ބެހެއްޓުމަށް އެރަށު ކައުންސިލާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުގެ އިސް ބޭފުޅުންނާއި އެކު  މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ކިނޮޅަހުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

ކިނޮޅަހަކީ ރ. އަތޮޅުގައި ބީއެމްއެލް އޭޓީއެމް ބެހެއްޓުމަށް ކައުންސިލާއެކު ސޮއި ކުރި 6 ވަނަ ރަށެވެ. މި އެއްބަސްވުމުގައި ކިނޮޅަހު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު ހުސައިންނެވެ. އަދި، ބެންކް އޮފް މޯލްޑިވްސް ގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކީން ބަދުރުއްދީން ޙަސަނެވެ. 

ސަރުކާރުން މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށް ނިންމަވާފައިވަނީ  މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގަ އެވެ. މި މަސައްކަތާއިއެކު ރައްޔިތުންގެ މާލީ ބައިވެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco