ވިޔަފާރި

ބޮޑު ބޯޓުގައި މޯލްޑިވިއަނުން ޗެންގްޑޫއަށް ކުރި ފުރަތަމަ ދަތުރުގައި ގިނަ ފަތުރުވެރިން އަތުވެއްޖެ

ބޮޑު ބޯޓުގައި މޯލްޑިވިއަނުން ޗެންގްޑޫއަށް ކުރި ފުރަތަމަ ދަތުރުގައި ގިނަ ފަތުރުވެރިން އަތުވެއްޖެ

ޗެންގްޑޫ ފްލައިޓުން ރާއްޖެ އައި ފަތުރުވެރިން، ފޮޓޯ: އެމްއޭސީއެލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 ޖެނުއަރީ 2025، 02:27

23 ޖެނުއަރީ 2025، 02:27

ހުލާސާ

މި ފްލައިޓުން 180 ޓުއަރިސްޓުން ރާއްޖެ އައިސްފައިވޭ.

ޤައުމީ އެއަރލައިން، މޯލްޑިވިއަންއަށް އަލަށް ގެނައި ވައިޑް-ބޮޑީ އެއަރކްރާފްޓުގެ ފުރަތަމަ ދަތުރުގައި ޗައިނާގެ ޗެންގްޑޫއަށް ގޮސް، އަނބުރާ މިއަދު ރާއްޖެއައިއިރު، އެ ފްލައިޓުން ޗައިނާގެ ގިނަ ފަތުރުވެރިންތަކެއް ރާއްޖެ އަތުވެއްޖެއެވެ.

މި ފްލައިޓުގައި ޖުމްލަ 192 ފަސިންޖަރުން ރާއްޖެއަށް ދަތުރުކުރިއިރު، މީގެ ތެރެއިން 180 ފަސިންޖަރުންނަކީ ރާއްޖެއަށް އައި ފަތުރުވެރިންނެވެ. މީގެ އިތުރުން، މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ތިރިކުރި މި ފްލައިޓުން 10 ޓަނުގެ ކާގޯ ވެސް ވަނީ ގެނަސްފައެވެ.

ޗައިނާއަށް ދަތުރުތައް ފެށުމާ ގުޅިގެން މޯލްޑިވިއަންގެ ދަތުރުތައް އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ޗައިނާގެ ދަތުރުތަކަށް ހީކުރިވަރަށްވުރެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި، މޯލްޑިވިއަން އެއަރލައިންގައި ގިނަ ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރާނެކަމަށް އިޔާސް ވިދާޅުވިއެވެ.

މޯލްޑިވިއަންއިން ހިއްސާކޮށްފައިވާ ގޮތުގައި، ޗެންގްޑޫއަށް ކުރާ ދަތުރުތައް އޮންނާނީ ހަފްތާއަކު އެއްފަހަރުއެވެ. އެގޮތުން މާލެއިން ކޮންމެ ބުދަ ދުވަހެއްގައި ދަތުރު އޮންނައިރު، ފްލައިޓް އަނބުރާ މާލެ އަންނާނީ ބުރާސްފަތި ދުވަހުކަމަށް މަޢުލޫމާތުދީފައި ވެއެވެ.

ޗެންގްޑޫގެ އިތުރުން، މި އެއަރކްރާފްޓުގައި ޗައިނާގެ ބެއިޖިންއާއި ޝަންހާއީއަށް ދަތުރުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 

މި ލިޔުން ކިޔާލުމުން