Ads by Exprox

ޚަބަރު

ބީއެމްއެލް އިސްލާމިކް ބޭންކިންގ ގެ 3 ބްރާންޗެއް ރީބްރޭންޑްކޮށްފި

ބީއެމްއެލް އިސްލާމިކް ބޭންކިންގ ގެ 3 ބްރާންޗެއް ރީބްރޭންޑްކޮށްފި

ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ އޭޓީއެމް އެއް|ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ޖެނުއަރީ 2025، 03:36

23 ޖެނުއަރީ 2025، 03:36

ހުލާސާ

ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ ޚިދުމަތް ފަށާފައިވަނީ 2015 ވަނަ އަހަރުގައި
އެ ބޭންކުން ދަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ޚާއްޞަ މަޝްރޫޢެއް ފަށައިފައި

ބޭންކް އޮފް މޯލްޑިވްސް، ބީ.އެމް.އެލް ގެ އިސްލާމިކް ބޭންކިންގ ގެ ޚިދުމަތް ދޭ 3 ބްރާންޗެއް ރީބްރޭންޑްކޮށްފިއެވެ. މިކަން ބީއެމްއެލް އިން ކޮށްފައިވަނީ، އިސްލާމިކް ބޭންކިންގ ގެ ޚިދުމަތްދޭތާ 10 އަހަރު ފުރުމާއިއެކުގައެވެ.

ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ ޚިދުމަތް ފަށާފައިވަނީ 2015 ވަނަ އަހަރުގައެވެ. އިސްލާމިކް ބޭންކިން ޚިދުމަތަކީ އިސްލާމީ ޝަރީޢާ އާއި އެއްގޮތަށް ދެމުންދާ ބޭންކިން ޚިދުމަތެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ބީއެމްއެލް އިސްލާމިކް ބޭންކިންގ ގެ ބްރާންޗްތައް ހުރެއެވެ. ނަމަވެސް، މިހާރު މިވަނީ އިސްލާމިކް ބޭންކިން ޚިދުމަތަށް އިސްކަންދޭ ގޮތަށް  3 ބްރާންޗެއް ރީބްރޭންޑްކޮށްފައެވެ. އެ ތިން ބްރާންޗަކީ، ބ. އޭދަފުށި، އދ. މަހިބަދޫ އަދި ލ.ގަން ބްރާންޗެވެ. 

ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ އަކީ ޢާންމުންނަށް ނުހަނު ގިނަ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ ތަނެކެވެ. އޭގެ ތެރޭގައި، އެކައުންޓް، ކާޑު އަދި ފައިނޭންސިން ޚިދުމަތްތައް ހިމެނޭހެން ހުރިހާ ޚިދުމަތެއް ބީއެމްއެމް އިސްލާމިކް އިން އަންނަނީ ފޯރުކޮށްދެމުންނެވެ. ބީއެމްއެލް އިސްލާމިކް ބޭންކިންގ އިން އަބަދުވެސް މަސައްކަތްކުރައްވަނީ، އިސްލާމީ ޝަރީޢާއާއި އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް ރައްޔިތުންނަށް ދިނުމަށް ކަމަށް އެ ބޭންކުން ވިދާޅުވެއެވެ. ހަމަ އެހެންމެ، މި ޚިދުމަތްތައް ދެމުންދަނީ ބީއެމްއެލް އިސްލާމިކްގެ ފަންޑު އެއްކޮށް ވަކިކޮށްގެންނެވެ. ބީއެމްއެލް އިން ވިދާޅުވީ، އިސްލާމިކް ބޭންކިންގެ ދާއިރާގައި ބައިނަލްއަޤްވާމީ އެންމެ ރަނގަޅު މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ޚިދުމަތްދެމުން އަންނަ ކަމަށެވެ.

ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ ޚިދުމަތަށް 10 އަހަރު ފުރުމާއި ގުޅިގެން އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ،  ބީއެމްއެލް ބްރާންޗުތަކަށް މި ގެނައި ބަދަލުން ދައްކުވައިދެނީ، ރައްޔިތުން އެދޭ ފަދަ ޚިދުމަތެއް ދިނުމަށް އެ ބޭންކުން އަހަންމިއްޔަތުކަން ދޭ މިންވަރު ކަމަށެވެ. އަދި، އިސްލާމިކް ފައިނޭންސިންގެ ގިނަ ޚިދުމަތްތަކެއް ބީއެމްއެލްއިން ރާއްޖެއަށް ތަޢާރަފްކޮށްފައިވާއިރު، ރާއްޖޭގައި ހަމައެކަނި ޝަރީޢާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑުގެ ޚިދުމަތްދޭ ބޭންކަކީ ބީއެމްއެލްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. 

ބީއެމްއެލް ގެ ޖުމްލަ 39 ބްރާންޗް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތް ދެއެވެ. މީގެ އިތުރުން، 95 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، އަދި 150 އޭޓީއެމް އޭޖެންޓު މެދުވެރިކޮށް އެ ބޭންކުގެ ޚިދުމަތްތައް ފުޅާވެފައިވާކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. 

ބީއެމްއެމްއެލްއިން ދަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ޚިދުމަތް ދެމުންނެވެ. އަދި، އެ ބޭންކުން ދަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ޚާއްޞަ މަޝްރޫޢެއް ފަށައިގެން ކުރިއަށް ގެންދަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco