Ads by Exprox

ޚަބަރު

ރ.ފައިނުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވައިފި

ރ.ފައިނުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވައިފި

ރ.ފައިނުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވުން|ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ޖެނުއަރީ 2025، 05:09

23 ޖެނުއަރީ 2025، 05:09

ހުލާސާ

މި ނިޒާމުން ދުވާލަކު 20 ޓަނުގެ ފެން އުފެއްދޭނެ

މިއަދު މެންދުރުގެ ވަގުތެއްގައި ރ.ފައިނުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވާފިއެވެ. މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފައިނުގެ ރައްޔިތުނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޙާއްޞަ ޖަލްސާގައެވެ.

ރ. ފައިނުގެ ފެނާއި ނަރުދަމާގެ މަސައްކަތަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ނިންމަވާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢަށް 64،240،752.74 ދިވެހި ރުފިޔާ ދައުލަތުން ވަނީ ޚަރަދުކޮށްފައެވެ. މިރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމަވާފައިވަނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. 

މި މަޝްރޫޢުގައި އެރަށުގައި ވަނީ ނަރުދަމާގެ 3 ޕަމްޕް ސްޓޭޝަން ޤާއިމްކުރުމުގެ އިތުރުން،  ސީ އައުޓް ފޯލް އަދި ރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އަޅާފައެވެ. މީގެއިތުރުން، ދުވާލަކު 20 ޓަނުގެ ފެން އުފެއްދޭވަރުގެ 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށް 2 ޓޭންކް ވަނީ ބަހައްޓާފައެވެ. އަދި، ވާރޭ ފެން ރައްކާ ކުރާ ޓޭންކެއް ބެހެއްޓުމުގެ އިތުރުން ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ވެސް ވަނީ މި މަޝްރޫޢުގެ ދަށުން ގުޅައިދީފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco