Ads by Exprox

ޚަބަރު

ބިދޭސީން އެއްވެ އުޅޭ ސަރަޙައްދުތައް އިމިގްރޭޝަނުން މޮނިޓަރކުރަން ފަށައިފި

ބިދޭސީން އެއްވެ އުޅޭ ސަރަޙައްދުތައް އިމިގްރޭޝަނުން މޮނިޓަރކުރަން ފަށައިފި

ބިދޭސީން އެއްވެ އުޅޭ ސަރަހައްދުތަށް މޮނިޓަރކުރުން/ފޮޓޯ: އިމިގްރޭޝަން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

25 ޖެނުއަރީ 2025، 02:50

25 ޖެނުއަރީ 2025، 02:50

ހުލާސާ

މި ޙަރަކާތަކީ ސިލްސިލާކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތެއް

މާލެ، އަދި ހުޅުމާލެ ސަރަޙައްދުގައި ބިދޭސީން އެއްވެ އުޅޭ ސަރަހައްދުތަށް މޮނިޓަރކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިފިއެވެ. 

އިމްގްރޭޝަނުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރަކަށް އައިސް ޢާންމު ސަރަޙައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ ފަރާތުން އާންމު މަސްލަހަތު ގެއްލޭ ފަދަ ޢަމަލުތައް ފާހަގަވާން ފަށާފައިވާ ކަމަށެވެ. އެހެންކަމުން، މި މައްސަލައަށް ޙައްލެއް ގެނައުމުގެ ގޮތުން، އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްޔަލަންސް ޑިވިޝަންގެ އޮފިސަރުން މި ސަރަޙައްދުތަކުގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށް އިމިގްރޭޝަނުން ވިދާލުވެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މި ޙަރަކާތަކީ ސިލްސިލާކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތެއް ކަމަށެވެ. އަދި، ޢާންމު މަސްލަޙަތަށް ނުރައްކާތެރިވާ މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް އިމިގްރޭޝަނުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. 

އިމިގްރޭޝަނުން ވިދާޅުވީ، މި ހަރަކާތް ކުރިއަށް ގެންދާއިރު، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ މިހާރު ކަނޑައަޅާފައިވާ ޓާސްކްފޯހުން އެފަދަ ބިދޭސީންނާއި މެދު ފިޔަވަޅު އަޅާނެކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco