ޚަބަރު
މިރޭ ހުޅުމާލޭގައި ހަވާ އަރުވަނީ!
ހަވާ އެރުވުން/ފޮޓޯ: ރާއްޖެ އެމްވީ
ހުލާސާ
ހަވާ އަރުވާނީ 5 މިނެޓަށް
މިރޭ ހުޅުމާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމް.އެން.ޑީ.އެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓްތަކާއި ދިމާލުން ބޭރު ސަރަހައްދުގައި ކަމަށެވެ. އެގޮތުން، މިރޭ 21:30 ގައި ހަވާ އަރުވަން ފަށާނެއެވެ. އަދި، ހަވާ އެރުވުން ކުރިއަށްދާނީ 5 މިނެޓުގެ ވަގުތަކަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މިއީ އަމިއްލަ ފަރާތެއްގެ އިވެންޓަކާއި ގުޅިގެން ކުރިއަށް ގެންދާ ޙަރަކާތެއް ކަމަށެވެ. އެމްއެންޑީއެފް އިން ވަނީ މީގެ ކުރިން ވެސް އަމިއްލަ ފަރާތްތަކުން ބާއްވާ އެކިއެކި ޙަފްލާތަކުގައި ހަވާ އަރުވައިދީފައެވެ. އެގޮތުން، މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ވެސް އެމްއެންޑީއެފުން ވަނީ ހަވާ އަރުވައިދީފަ އެވެ.