Ads by Exprox

ޚަބަރު

ދިވެހި އަންހެނަކަށް 2 ދިވެހި ފިރިހެނަކު ދިމާކުރި މައްސަލައެއް ފުލުހުން ތަހުޤީޤު ކުރަނީ!

ދިވެހި އަންހެނަކަށް 2 ދިވެހި ފިރިހެނަކު ދިމާކުރި މައްސަލައެއް ފުލުހުން ތަހުޤީޤު ކުރަނީ!

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ/ފޮޓޯ: ވޮޮއިސް އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

25 ޖެނުއަރީ 2025، 03:37

25 ޖެނުއަރީ 2025، 03:37

ހުލާސާ

މަގުމަތީގައި މިފަދަ މައްސަލަތައް ހިނގުން ފަހަކަށް އައިސް ވަނީ ވަރަށް ޢާންމު ވެފައި

ދިވެހި އަންހެނަކަށް ދިވެހި 2 ފިރިހެނަކު ދިމާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.  މިކަން ހިނގާފައިވަނި، މި މަހުގެ 6 ވަނަ ދުވަހު 18:34 ހާއިރު އެވެ. 

ފުލުހުން ވިދާޅުވީ، މި މައްސަލާގައި ހިމެނޭ އަންހެން މީހާ ދިޔައީ ލ. ގަމުން ލ. ފޮނަދޫއަށް ސައިކަލެއްގައި ކަމަށެވެ. ނަމަވެސް، އޭނާ އަށް ފޮނަދޫ އަށް ނުދެވެނިސް 2 ފިރިހެނަކު އޭނާ ވަނީ މަގުމައްޗަށް ހުއްޓުވާފައެވެ. އަދި، އަންހެން މީހާގެ ފޯނު ގަދަކަމުން އަތުލުމަށް ވެސް އެމީހުން ވަނީ މަސައްކަތް ކޮށްފައެވެ. ފުލުހުން ވިދާޅުވީ، އެ އަންހެން މީހާ އަޅައިގެން ހުރި ހެލްމެޓް ނަގައި، އެ ހެލްމެޓް އޮތީ އެ ދިމާލުން ވަލު ތެރެއަށް އެއްލާލާފައި ކަމަށެވެ.  

ފުލުހުން ވިދާޅުވީ، މި މައްސަލަ މިހާރު ތަހުޤީޤު ކުރަމުން ގެންދާ ކަމަށެވެ. މަގުމަތީގައި މިފަދަ މައްސަލަތައް ހިނގުން ފަހަކަށް އައިސް މި ވަނީ ވަރަށް ޢާންމު ވެފައެވެ. މިފަދަ މައްސަލަތަކުގެ ސަބަބުން މަގުމަތީގެ ރައްކާތެރިކަމާއި އަމާންކަން ނެތެމުންދާ ކަމަށް މީގެ ކުރިންވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.  

މި ލިޔުން ކިޔާލުމުން

Ads by Stelco