Ads by Exprox

ޚަބަރު

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ފޮނުއްވައިފި

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިން/ފޮޓޯ: ފޮރިން މިނިސްޓްރީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

26 ޖެނުއަރީ 2025، 04:03

26 ޖެނުއަރީ 2025، 04:03

ހުލާސާ

އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖަނަވަރީ މަހުގެ 26 ވަނަ ދުވަސް
ދިވެހިރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރެއްވި

އަވަށްޓެރި އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އެ ޤައުމުގެ ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

ޚާރިޖީ ވަޒީރު ވަނީ، އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ، ޑރ. އެސް ޖައިޝަންކަރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ. މި މެސެޖުގައި ވަޒިރު ވަނީ، އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބާތުގައި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ފޮނުވާފައެވެ.
 
ވަޒީރު ވިދާޅުވީ، އިންޑިއާއަކީ މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ އެންމެ ބޮޑު ޑިމޮކްރަސީއެއް އޮތް ޤައުމު ކަމަށެވެ. އަދި، އެއީ މުޅި ދުނިޔެއަށް ލިބިގެންދާ ހިތްވަރެއް ކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ. ވަޒީރު ޑރ. ޚަލީލް ވިދާޅުވީ, އިންޑިއާއިން ޑިމޮކްރަސީގެ އުޞޫލުތައް ދެމެހެއްޓުމަށް ކުރަމުން ގެންދަވާ މަސައްކަތަކީ ދިވެހިރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކަށް ވެސް ނަމޫނާ މިސާލެއް ކަމަށެވެ. 

ވަޒީރުގެ މެސެޖުގައި، އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު އޮންނެވި ޒަމާންވީ ގުޅުމަށް ވަނީ އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، ދިވެހިރާއްޖެއަށް ކުރިމަތިވި ކޮންމެ ގޮންޖެހުމެއްގައި ވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާ އެންމެ ފުރަތަމަ ފަރާތަކި އަބަދުވެސް އިންޑިއާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގާތް ރަޙުމަތްރެރިކަމުން ހާމަކޮށްދެނީ، އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާއި ދެމެދު ބަހައްޓަވާ ގާތްކަމާއި، ފޯރުކޮށްދެމުން ގެންދަވާ އެހީތެރިކަން ކަމަށް ވަޒީރު ވދާޅުވިއެވެ.

ވަޒީރު ވަނީ އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އަމަންއަމާންކަމާއި، ކުރިއެރުމާއި، ފާގަތިކަން ލިބުމަށް އެދިވަޑައިގެންފައެވެ.
އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco