Ads by Exprox

ޚަބަރު

މ. މުލީ އެއަރޕޯޓުގެ ފިނިޝިންގ މަސައްކަތްތައް ކުރިއަށްދަނީ

މ. މުލީ އެއަރޕޯޓުގެ ފިނިޝިންގ މަސައްކަތްތައް ކުރިއަށްދަނީ

މުލީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 ޖެނުއަރީ 2025، 10:57

27 ޖެނުއަރީ 2025، 10:57

ހުލާސާ

2 މަސްތެރޭގައި ޓެސްޓް ފްލައިޓް ބާއްވަން ދަނީ މަސައްކަތް ކުރަމުން
ޓަރމިނަލަށް ބޭނުންވާ އެކއެކި ސާމާނުތައް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް

މ. އަތޮޅު މުލީ އެއަރޕޯޓުގައި މިހާރު ކުރިއަށް ދަނީ އިމާރާތްތަކުގެ ފިނިޝިންގ މަސައްކަތްތައް ކަމަށް އެމްޓީސީސީ އިން ވިދާޅުވެއްޖެއެވެ. މި ރަށުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގައެވެ.

މި ޕްރޮޖެކްޓަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އިން ކުރިއަށްގެންދާ މަސައްކަތެކެވެ. އެމްޓީސީސީން ވިދާޅުވީ، އެއަރޕޯޓުގެ ރަންވޭ ވަށައިގެން ހިއްކަން ޖެހޭ ސަރަޙައްދު ހިއްކުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިމުމަކާއި ގާތްވެފައި ކަމަށެވެ. އަދި، މިވަގުތު ކުރިއަށްދަނީ ޓަރމިނަލާއި އެހެން ޢިމާރާތްތަކުގައި ނުނިމިހުރި  ފިނިޝިންގ ގެ މަސައްކަތްތައް ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. މީގެ އިތުރުން، މިރަށުގެ އެއަރޕޯޓުގެ ރަންވޭގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިމިފައި ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

އެމްޓީސީސީން ވިދާޅުވީ، އެއަރޕޯޓުގެ ޓަރމިނަލަށް ބޭނުންވާ އެކއެކި ސާމާނުތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ. އަދި، ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމުމަށްފަހު ރަންވޭގައި ޓެސްޓް ފްލައިޓްތައް ބޭއްވުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. މުލީ އެއަރޕޯޓަކީ، އެތެރޭގެ އުދުހުންތަކަށް ޚާއްޞަކޮށްގެން ފަރުމާ ކުރެވިފައިވާ އެއަރޕޯޓެކެވެ. މި އެއަރޕޯޓަކީ 1200 މީޓަރު ދިގު، އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި އެކު ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. މި މަޝްރޫޢަށް ސަރުކާރުން ވަނީ 221 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.

މުލަކަތޮޅުގައި މީހުން ދިރިއުޅޭ ޖުމްލަ 8 ރަށް އޮވެއެވެ. އަދި، އަތޮޅުގެ އާބާދީ އުޅެނީ 8000 އިން ދަށުގައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco