Ads by Exprox

ޚަބަރު

ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ނައިބު ރައީސް ހޮވައިފި

ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ނައިބު ރައީސް ހޮވައިފި

ދަ ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން/ފޮޓޯ: ޕީއެސްއެމް ނިއުސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 ޖެނުއަރީ 2025، 12:10

27 ޖެނުއަރީ 2025، 12:10

ހުލާސާ

ޕާޓީއަށް އަދިވެސް ކުރިމަގު އެބައޮތް ކަމަށް ވިދާޅުވި
ސިޔާސީ މަސައްކަތްތަކުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދެއްވި

ޑިމޮކްރެޓްސް ޕާޓީގެ ލީޑާޝިޕުން ހުސްވެފައިވާ، ރައީސް އަދި ނައިބު ރައީސްގެ މަޤާމަށް މީހުން ހޮވައިފިއެވެ. މި ދެ މަޤާމަށް މީހުން ހޮވާފައި މި ވަނީ އެ ޕާޓީގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅާއާއި، ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅުން އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ.

ޕާޓީގެ ލީޑާޝިޕުން އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވުމާއި އެކު، އެ ޕާޓީގެ ނޭޝަނަލް އެސެމްބްލީގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އަދި، މި ދެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ފުރުޞަތު ހުޅުވާލުމާއި އެކު، އެ ދެ މަޤާމަށް ކުރިމަތި ލެއްވީ އެންމެ ދެ ފަރާތުންނެވެ. އެގޮތުން ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވީ، މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ. އަދި، ޕާޓީގެ ނައިބު ރައީސްގެ މަޤާމަށް ކުރިމަތިލައްވާ، އެ މަޤާމަށް އިންތިޚާބުވީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދެވެ. 

ޑިމޮކްރެޓްސްގެ ރައީސްގެ މަޤާމުގައި ކުރިން މަސައްކަތްކޮށްފައި ވަނީ، ހަސަން ލަތީފް އެވެ. އަދި، ނައިބު ރައީސް ގެ މަޤާމުގައި ހުންނެވީ މުހައްމަދު ޝިފާޒް އެވެ. މި ދެ ބޭފުޅުން ވެސް ވަނީ ޕާޓީ ދޫކޮށް ވަކިވެ ވަޑައިގެންފައެވެ. މީގެ އިތުރުން، އެ ޕާޓީގެ ބައެއް އިސް މެންބަރުން ވެސް ވަނީ ޕާޓީ އިން ވަކިވެ ވަޑައިގެންފައެވެ. ނަމަވެސް ޑިމޮކްރެޓްސް އިން ވިދާޅުވީ، ބައެއް މެންބަރުން ޕާޓީ ދޫކޮށްފައި ދިޔަނަމަވެސް, ޕާޓީއަށް އަދިވެސް ކުރިމަގު އެބައޮތް ކަމަށެވެ.

ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީން ވަނީ، ސިޔާސީ މަސައްކަތްތަކުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި، އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް މުޅި ރާއްޖެއަށް ފުޅާކުރާނެކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS