Ads by Exprox

ޚަބަރު

އަލިފާނުގެ ހާދިސާގައި ގެއްލުންވި 13 މީހެއް އަދިވެސް ވަގުތީ ބޯހިޔާވަހިކަމުގައި: އެންޑީއެމްއޭ

އަލިފާނުގެ ހާދިސާގައި ގެއްލުންވި 13 މީހެއް އަދިވެސް ވަގުތީ ބޯހިޔާވަހިކަމުގައި: އެންޑީއެމްއޭ

އަލިފާނުގެ ޙާދިސާ ހިނގި ފްރުޓް ޓްރީ އެޕަލް ފިހާރަ/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 ޖެނުއަރީ 2025، 03:30

27 ޖެނުއަރީ 2025، 03:30

ހުލާސާ

9 މީހަކު މިހާރު ވަނީ އަމިއްލަ ގޭތަކަށް ބަދަލުވެފައި

މަޖީދީމަގުގައި ހުރި ފްރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން، ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރި ފަރާތްތަކުގެ ތެރެއިން 13 މީހުން އަދިވެސް ތިބީ ވަގުތީ ހިޔާތަކުގައި ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭ އިން ވިދާޅުވެއްޖެއެވެ. 

އެންޑީއެމްއޭ އިން ވިދާޅުވީ، މިފަރާތްތައް އެމީހުންގެ އަމިއްލަ ގެދޮރަށް ބަދަލުކުރެވޭނީ އެތަންތަން މަރާމާތުކޮށްގެން ކަމަށެވެ. މި މަހުގެ 23 ވަނަ ދުވަހު ހިނގި މި ޙާދިސާއާއި ގުޅިގެން، އެ ސަރަހައްދުގެ ބައެއް ގޭގެއިން 22 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކުރިއެވެ. ނަމަވެސް، މީގެ ތެރެއިން 9 މީހަކު އަމިއްލަ ގޭތަކަށް ބަދަލުވެފައިވާކަމަށް އެންޑީއެމްއޭ އިން މަޢުލޫމާތުދެއެވެ. އެންޑީއެމްއޭ އިން ވިދާޅުވީ، މާދަމާގެ ނިޔަލަށް ބާކީ ތިބި 13 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާނެކަމަށެވެ. އަދި، މި ފަރާތްތަކުގެ ޒަރޫރީ ބޭނުންތަކަށް މިވަގުތު ޚަރަދު ކުރަމުންދަނީ ސަރުކާރުންކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ. 

އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިހު 04:30 ހާއިރުކަމަށެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފަވަނީ ހެނދުނު 06:00 ގައެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާ އަދި އާންމު ރައްޔިތުންގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އިމާރާތުގެ ތަޅާލަންޖެހޭ ބައި ތަޅާލައި، އެ ތަން މިހާރު ވަނީ ސާފުކޮށްފައެވެ. އަދި، އެތަން ސާފުކުރުމުގެ މަސައްކަތްކުރީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިންނެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco