Ads by Exprox

ޚަބަރު

މައުމޫން ފައުންޑޭޝަނަށް 15 އަހަރު ފުރުން ފާހަގަކޮށްފި

މައުމޫން ފައުންޑޭޝަނަށް 15 އަހަރު ފުރުން ފާހަގަކޮށްފި

މައުމޫން ފައުންޑޭޝަނަށް 15 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޙަފްލާގެ ތެރެއިން/ފޮޓޯ: މައުމޫން ފައުންޑޭޝަން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 ޖެނުއަރީ 2025، 10:23

28 ޖެނުއަރީ 2025، 10:23

ހުލާސާ

މިއީ 26 ޖެނުއަރީ 2010 ވަނަ އަހަރު އުފައްދަވާފައިވާ ފައުންޑޭޝަނެއް
4 ދަރިވަރަކަށް މައުމޫން ފައުންޑޭޝަންގެ މެންބަރަކަށް ވުމަށް ދަޢުވަތު އެރުއްވި

ކުރީގެ ރައީސް އަލްއުސްތާޛް މަޢުމޫން އަބްދުލްޤައްޔޫމް އުފައްދަވާފައިވާ، މައުމޫން ފައުންޑޭޝަނަށް 15 އަހަރު ފުރުން ފާހަގަކުރުމަށް ޚާއްޞަ ޙަފްލާއެއް ބާއްވައިފިއެވެ.

 މި ޙަފްލާގައި މައުމޫން ފައުންޑޭޝަންގެ ޗެއަރމަން ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އާއި، އެ ފައުންޑޭޝަންގެ ހިންގާ ކޮމެޓީގެ މެންބަރުންނާއި، ފައުންޑޭޝަންގެ ޢާންމު މެންބަރުންގެ އިތުރުން، ފައުންޑޭޝަންގެ ސްކޮލަރޝިޕްގެ ދަށުން ތަޢުލީމު ހާސިލްކުރަމުންދާ ކުދިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މައުމޫން ފައުންޑޭޝަނަކީ ކުރީގެ ރައީސް، އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް އިސްނަންގަވައިގެން 26 ޖެނުއަރީ 2010 ވަނަ އަހަރު އުފައްދަވާފައިވާ ފައުންޑޭޝަނެކެވެ. މި ފައުންޑޭޝަންގެ މައިގަނޑު މަޤްސަދަކީ ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތައް ހޯދައިދިނުމެވެ. 

މައުމޫން ފައުންޑޭޝަނުގެ ސްކޮލަރޝިޕްގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރި 30 ޒުވާނަކު މިހާރު ގެންދަވަނީ ޤައުމީ އެކި ދާއިރާތަކުގައި ޚިދުމަތްކުރައްވަމުންނެވެ. އެގޮތުން، އެ ޙަފްލާގައި ވަނީ 4 ދަރިވަރަކަށް މައުމޫން ފައުންޑޭޝަންގެ މެންބަރަކަށް ވުމަށް ދަޢުވަތު އަރުވާފައެވެ. 

މައުމޫން ފައުންޑޭޝަނުން ވަނީ، ޢާންމުންނަށް އެހީތެރިވުމަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން، އެ ފައުންޑޭޝަންގެ ޗެއަރމަން ވަނީ ދީނީ އެކި މަޢުޟޫތަކަށް ފޮތް ލިޔުއްވާ، ޝާއިޢުކުރައްވާ، އާންމުންނަށް ލިބޭނޭގޮތް ހައްދަވައި ދެއްވުމުގެ އިތުރުން، ބައެއް ޔުނިވަސިޓީ އަދި ލައިބްރަރީ ފަދަ ތަންތަނަށް މި ފޮތްތަށް ހަދިޔާކުރައްވާފައެވެ. މީގެ އިތުރުން، ރަމަޟާން މަސް އިޙްޔާކުރުމުގެ ޕްރޮގްރާމްތައް ހިންގާ، މަތީ ތަޢުލީމު ހާސިލްކުރުމަށް ސްކޮލަރޝިޕްގެ ފުރުސަތުތައް ހޯދައިދިނުމަކީ ވެސް މި ފައުންޑޭޝަނުން ކުރައްވަމުން އަންނަ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco