ދުނިޔެ / ޚަބަރު

ވިސްނުން އެއްގޮތްވާ ކަންކަމުގައި ޗައިނާއާއި އިންޑިއާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ: ޗައިނާގެ ޚާރިޖީ ވަޒީރު

ވިސްނުން އެއްގޮތްވާ ކަންކަމުގައި ޗައިނާއާއި އިންޑިއާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ: ޗައިނާގެ ޚާރިޖީ ވަޒީރު

ޗައިނާގެ ޚާރިޖީ ވަޒީރު ވޮންގ ޔީ/ފޮޓޯ: އެންބީސީ ނިިއުސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 ޖެނުއަރީ 2025، 11:35

28 ޖެނުއަރީ 2025، 11:35

ހުލާސާ

ދެ ޤައުމުގެ އިސް ބޭފުޅުންގެ ދެމެދުގައި ބާއްވަމުންދާ ރަސްމީ ބައްދަލުވުންތައް ވަނީ އިތުރުވެފައި

ޚިޔާލާއި ވިސްނުން އެއްގޮތްވާ ކަންކަމުގައި ޗައިނާއާއި އިންޑިއާ ގުޅިގެން މަސައްކަތް ކުރައްވަން ޖެހޭ ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވޮންގ ޔީ ވިދާޅުވެއްޖެއެވެ. އޭނާ މިފަދައިން ވިދާޅުވީ، އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީއާއެކު ޗައިނާގެ ވެރިރަށް ބެއިޖިންގ ސިޓީގައި ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޗައިނާއާއި އިންޑިއާ އާއި ދެމެދު 2020 ވަނަ އަހަރުގައި ވަނީ ގުޅުން ގޯސްވެ، ނުތަނަވަސްކަން ބޮޑުވެފައެވެ. އެއީ، ދެ ޤައުމުގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިންގެ ދެމެދުގައި ހިނގި ކުރިމަތިލުންތަކަކާއި ގުޅިގެންނެވެ. ނަމަވެސް، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ ދެ ޤައުމުގެ ސަރަހައްދީ ރޮނގު ކައިރީގައި އުފެދިފައިވާ ނުތަނަވަސްކަން ޙައްލުކުރުމަށް އެއްބަސްވުމެއް ހަދައި އެއަށް ޢަމަލުކުރަން ފަށައިފައެވެ. މި ބައްދަލުވުމަކީ، އެ އެއްބަސްވުމަށްފަހު ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.

މި ބައްދަލުވުމުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވޮންގ ޔީ ވިދާޅުވީ، ދެ ޤައުމުގެ ހިޔާލާއި ވިސްނުން އެއްގޮތްވާ ކަންކަމުގައި އެއްގަލަކަށް އަރަން ޖެހޭ ކަމަށެވެ. ހަމަ އެހެންމެ، އެއް ޤައުމުން އަނެއް ޤައުމާއި ދޭތެރޭ ޝައްކު ކުރުމާއި، އެކަހެރި ކޮށްލުމުގެ ގޮތުން ހިންގަމުންދާ ޢަމަލުތަކުން އެއްކިބާވާން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި، ގުޅުންތައް ހަރުދަނާކުރުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ވަޒީރުގެ ވަހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.

ފަހަކަށް އައިސް ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ވަނީ ފާހަގަވެފައެވެ. އެގޮތުން، ދެ ޤައުމުގެ އިސް ބޭފުޅުންގެ ދެމެދުގައި ބާއްވަމުންދާ ރަސްމީ ބައްދަލުވުންތައް ވަނީ އިތުރުވެފައެވެ.

މި ލިޔުން ކިޔާލުމުން