Ads by Exprox

ޚަބަރު

ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފި

ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް/ފޮޓޯ: އަވަސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

29 ޖެނުއަރީ 2025، 10:17

29 ޖެނުއަރީ 2025، 10:17

ހުލާސާ

ދެ ޤައުމުގެ ދެމެދުގައި އެހިީތެރިކަން ބޭނުންވާ މުހިންމު ދާއިރާތަކުން މަޝްވަރާކުރައްވާނެ

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ، އެ ޤައުމުގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާން އަލް ސަޢޫދުގެ ޚާއްޞަ ދަޢުވަތަކަށް، ވަޒީރު ކުރައްވާ ދަތުރުފުޅެކެވެ. ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މި ދަތުރުފުޅުގައި ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ދޭތެރޭ މަޝްވަރާކުރައްވާނެ ކަމަށެވެ. ހަމަ އެހެންމެ، ދެ ޤައުމުން ގުޅިގެން، އެހީތެރިކަން ބޭނުންވާ ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެ ދާއިރާތައް އިތުރަށް ތަރައްޤީ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މި ދަތުރުފުޅުގައި ވަޒީރު، ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ކޮމަރސްއާ ބައްދަލުކުރައްވައި، ރާއްޖެއާއި ސަޢުދީއާއި ދެމެދު ވިޔަފާރީގެ ދާއިރާ ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. ހަމަ އެހެންމެ، މި ނޫން ވެސް މުހިންމު ދާއިރާތަކުން ކުރެވޭނެ މަސައްކަތްތަކާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން މިހާރަށް ވުރެ ރަނގަޅު ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.  

މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އާއި އެކު، ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި ޚާރިޖީ ވުޒާރާގެ ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco