ޚަބަރު
ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ބައްދަލުކުރެއްވުން/ފޮޓޯ: ސަން އޮންލައިން
ހުލާސާ
ދެ ޤައުމުގެ ދެމުދުގައިވާ ގުޅުން އިތުރަށް ތަރައްޤީ ކުރައްވަން ޖެހޭ ކަމަށް ވިދާޅުވި
ޗައިނާގެ އައު އަހަރު ފެށުމުގެ މުނާސަބަތާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. މިކަމާއި ގުޅިގެން ރައީސް ވަނީ އެކްސްގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޤައުމުގެ ރައީސް ޝީ ޖިންޕިންއަށާއި، ޕްރިމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް، އަދި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ މެމްބަރ އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ދަ ޕޮލިޓިކަލް ބިއުރޯ، ލީ ޗިއާންގއަށް ތަހުނިޔާ ވިދާޅުވެ ޚާއްޞަ މެސެޖެއް ފޮނުއްވާފައެވެ.
މި މެސެޖުގައި އެމަނިކުފާނު ވަނީ، ޗައިނާގެ ސަރުކާރަށާއި އެންމެހާ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ފޮނުއްވާފައެވެ. ރައީސް ވިދާޅުވީ، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގުޅުން މިހާރަށް ވުރެ އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށެވެ. ހަމަ އެހެންމެ، ޗައިނާއިން "ވަން ޕޮލިސީ" އަށް ޚާއްޞަ އިސްކަމެއް ދެއްވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، "ޗައިނާ މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" މިހާރަށް ވުރެ އިތުރަށް ހަރުދަނާ ކުރެއްވުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ޗައިނާގެ ރައީސާއި، ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްޙަތަކަށް އެދިވަޑައިގެންފައެވެ.
ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 14 އޮކްޓޯބަރ 1972 ގައެވެ.