ވިޔަފާރި

"ފަވަރަ" ޚިދުމަތް އިތުރު ތިން ފަރާތަކުން ދޭން ފަށައިފި

"ފަވަރަ" ޚިދުމަތް އިތުރު ތިން ފަރާތަކުން ދޭން ފަށައިފި

ފަވަރަ ލޯންޗުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން، ފޮޓޯ: މިހާރު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

29 ޖެނުއަރީ 2025، 12:56

29 ޖެނުއަރީ 2025، 12:56

ހުލާސާ

ރާއްޖޭގެ ހުރިހާ ބޭންކެއް މިހާރު މިވަނީ މި ނިޒާމުގެ ތެރެއަށް ވަދެފައި.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޤާއިމްކޮށްފައިވާ  އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، "ފަވަރަ"ގެ ޚިދުމަތް އިތުރު ތިން ފަރާތަކުން ދޭން ފަށައިފިއެވެ. މިއީ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވުމަށް ދެމުން އަންނަ ޚިދުމަތެކެވެ.

މި ޚިދުމަތާ އަލަށް ގުޅިފައިވަނީ ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް)، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސީބީއެމް) ގެ އިތުރުން، ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑް (ދިރާގު ފިންޓެކް)އެވެ. 

މީގެ ތެރޭގައި ހިމެނޭ ދިރާގު ފިންޓެކްއަކީ ބޭންކު ނޫން ފަރާތަކުން ރާއްޖޭގައި މި ޚިދުމަތާއި ގުޅުނު ފުރަތަމަ ފަރާތެވެ.

އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، މި ތިން ފަރާތުން ވެސް މިހާރު ވަނީ ޕައިލެޓް ޓެސްޓިން މަރުހަލާ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ. އެހެންކަމުން މިހާރު އެޗްބީއެލްއާއި، ސީބީއެމް އަދި ދިރާގު ފިންޓެކްގެ ޚިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށްވެސް ފަވަރަ ޓްރާންސްފަރ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން، ފަވަރަގެ އެންމެހާ ޚިދުމަތްތައް ލިބިގެންދާނެ ކަމަށްވެސް އެ އޮތޯރިޓީން ހާމަކޮށްފައިވެއެވެ.

"ފަވަރަ"އާ އަލަށް ގުޅުނު ބޭންކިންގް ޚިދުމަތްދޭ ފަރާތްތަކާއެކު، ރާއްޖޭގެ ހުރިހާ ބޭންކެއް މިހާރު މިވަނީ މި ނިޒާމުގެ ތެރެއަށް ވަދެފައެވެ. 

މީގެ އިތުރުން، ޕޭމަންޓް ޚިދުމަތްދޭ އެހެނިހެން ފަރާތްތަކުން ވެސް ކުރިޔަށް އޮތްތާންގައި ފަވަރަ ސިސްޓަމާއި ގުޅުމުގެ މަސައްކަތްތައް މިހާރުވެސް ކުރައްވަމުންދާކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން