ޚަބަރު
ހިތަދޫ ފަޅު ގޯއްޗެއްގެ ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި
ރޯވި އަލިފާންގަނޑު ނިއްވާލެއްވުމަށް މަސައްކަތްކުރުން/ފޮޓޯ: އެމްއެންޑީއެފް
ހުލާސާ
އަލިފާން އެއްކޮށް ނިއްވާލެވުނީ 12:19 ހާއިރު
އައްޑޫ ސިޓީ ހިތަދޫ، ފަޅު ގޯއްޗެއްގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ނިއްވާލައިފިއެވެ. މި ޙާދިސާ ހިނގާފައިވަނީ، ޝީޝާ ޝޯރޫމް ކައިރީގައި ހުންނަ ފަޅު ގޯއްޗެއްގައެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މި ޙާދިސާ ހިނގިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު 12:13 ހާއިރު ކަމަށެވެ. އަދި، ރިޕޯޓް ލިބުމާއި އެކު، ފަޔަރ ފައިޓަރުން ވަނީ އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމަށް މަސައްކަތް ފަށައިފައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ކުނިތަކުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ 12:19 ހާއިރު ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.