ޚަބަރު
ފިލައިގެން އުޅުނު ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮއްސި
އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ރެއިޑްގެ ތެރެއިން/ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
ހުލާސާ
މިހާރު މި މީހާ ވަނި އިމްގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި
މާލޭގައި ފިލައިގެން އުޅުނު ބިދޭސިއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮއްސިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މި މީހާ ހޯދާފައިވަނީ މާލޭގެ ދެ ތަނެއް ބަލާ ފާސްކުކުރުމުގެ ތެރެއިންނެވެ.
އިމިގްރޭޝަނުން ވިދާޅުވީ، މި ދެ ތަން ބަލާ ފާސްކޮށްފައިވަނީ އިއްޔެގެ ވަޤުތެއްގައި "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކަމަށެވެ. އެގޮތުން މި ދެ ތަން ބަލާ ފާސްކުރުމުގެ ތެރޭގައި، މީގެ ތެރެއިން އެއް ތަނުން ފިލައިގެން އުޅޭ ބިދޭސީއެއް ފެނިފައިވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދެއެވެ. އަދި، މިހާރު މި މީހާ ވަނި އިމްގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް، އިމިގްރޭޝަނުން ވަނީ މީގެ ކުރިން ވެސް ރެއިޑް އޮޕަރޭޝަންތަކެއް ހިންގާފައެވެ. އެގޮތުން، މި މައްސަލައަށް ޙައްލެއް ގެނައުމުގެ ގޮތުން ފަށާފައިވާ، "އޮޕަރޭޝަން ކުރަނގި" ގައި ވެސް އިމިގްރޭޝަނުން ދަނީ ޙަރަކާތްތެރި ވަމުންނެވެ. މީގެ އިތުރުން، ޢާންމު ސަރަޙައްދުތަކުގައި ބިދޭސީން އެއްވެ އުޅޭ އިރު ޢާންމު މަސްލަހަތު ގެއްލޭފަދަ ކަންކަން ހިނގާ ކަމަށް އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ. އަދި، މިކަމަށް ޙައްލެއް ގެނައުމަށް އިމިގްރޭޝަނުން ވަނީ ސިލްސިލާ ގޮތެއްގައި ބިދޭސީން އެއްވެ އުޅޭ ސަރަޙައްދުތައް މޮނިޓަރކުރަން ފަށައިފަ އެވެ.
އިމިގްރޭޝަނުން މިދިޔަ އަހަރު ހިންގި އޮޕަރޭޝަންތަކުގައި ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ 5،600 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލާފައެވެ.
"އިމިގްރޭޝަން ވޮޗް" އަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އިއްޔެ ޓާސްކު ފޯހުން ވަނީ މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށްފައި. މި ދެ ތަނުގެ ތެރެއިން އެއް ތަނަކީ ބިދޭސީއެއް ފިލައިގެން އުޅޭކަމަށް ރިޕޯޓު ކުރެވިފައިވާ ތަނެއް. މި އޮޕަރޭޝަނުގެ ތެރެއިން އެ ބިދޭސީ މީހާވަނީ އިމިގްރޭޝަންގެ… pic.twitter.com/B5rWKCXUDW
— Maldives Immigration (@ImmigrationMV) February 2, 2025