Ads by Exprox

ޚަބަރު

ހައިވޭ އެކްސިޑެންޓް: އަންހެނެއްގެ ލައިސަންސް ހިފަހައްޓައި ސައިކަލް ޓޯވކޮށްފި

ހައިވޭ އެކްސިޑެންޓް: އަންހެނެއްގެ ލައިސަންސް ހިފަހައްޓައި ސައިކަލް ޓޯވކޮށްފި

ބްރިޖް މަތީގައި ފުލުހެއް ހަރަކާތްތެރިވުން|ފޮޓޯ: އެޓޯލް ޓައިމްސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

04 ފެބްރުއަރީ 2025، 02:15

04 ފެބްރުއަރީ 2025، 02:15

ހުލާސާ

މި މައްސަލާގައި ސުވާލުކޮށްފައިވަނީ  60 އަހަރުގެ ދިވެހި އަންހެނަކާ

މި މަހުގެ 1 ވަނަ ދުވަހު ހައިވޭގައި އެކްސިޑެންޓެއް ހިނގައި ބިދޭސީއަކު ވަނީ މަރުވެފައެވެ. މި އެކްސިޑެންޓާއި ގުޅިގެން އަންހެނެއްގެ ލައިސަންސް  ހިފަހައްޓައި، އޭނާ  ދުއްވި ސައިކަލު ޓޯވްކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން ވިދާޅުވީ، މި އަންހެން މީހާއަކީ ޢުމުރުން 60 އަހަރުގެ މީހެއް ކަމަށެވެ. އަދި، މިހާރު ފުލުހުންގެ ޚިދުމަތުން އެ އަންހެން މީހާއާއި ސުވާލުކޮށް މަޢުލޫމާތު ހޯދަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ. 

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައި ވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ހެނދުނު 8:19 ހާއިރުގައެވެ. މި ހާދިސާ ހިނގާފައިވަނީ، ހުޅުމާލެ އިން މާލެއަށް އަންނަ ލޭންގެ ސޯލަރ ޕެނަލަތައް ކައިރީގައި މަސައްކަތެއްކުރާކަން އަންގައިދިނުމަށް ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެންކަމަށް ފުލުހުން ވިދާޅުވެއެވެ. މި އެކްސިޑެންޓުގައި ބިދޭސީއަކު މަރުވެފައި ވާ އިރު، މިކަން ހިނގާ ދިޔަ ގޮތުގެ ސީސީޓީވީ ފޫޓޭޖް އެއް ވަނީ ސޯޝަލް މީޑިއާގައި ޢާންމުވެފައެވެ. މި ފޫޓޭޖް އިން ފެންނަގޮތުގައި ކޯނެއްގައި ޖެހި ހައިވޭއަށް އެމީހާ ވެއްޓިފައި އޮއްވައި، ފަހަތުން އައި ސައިކަލެއް ވަނީ އޭނާގެ ބޯމަތިން ގޮސްފައެވެ. އެހެންކަމުން، އޭނާއަށް ބޮޑަށް އަނިޔާވެފައި ވަނީ މިކަމުގެ ސަބަބުން ކަމަށް ބެލެވެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވާ ބިދޭސީމީހާ އަށް ފަރުވާދިނުމަށް ގެންގޮސްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، އެދުވަހުގެ 09:05 ހާއިރު އޭނާ ވަނީ މަރުވެފައެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco