ވިޔަފާރި

މޯލްޑިވިއަންގައި ޗައިނާއަށް ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓުކުރުމަށް މަޝްވަރާކޮށްފި

މޯލްޑިވިއަންގައި ޗައިނާއަށް ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓުކުރުމަށް މަޝްވަރާކޮށްފި

ޗައިނާއަށް މަސް އެކްސްޕޯޓުކުރުމާ ގުޅިގެން މަޝްވަރާކުރުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

04 ފެބްރުއަރީ 2025، 09:04

04 ފެބްރުއަރީ 2025، 09:04

ޤައުމީ އެއަރލައިން، މޯލްޑިވިއަންއަށް ގެނައި ވައިޑް-ބޮޑީ އެއަރކްރާފްޓާއެކު ޗައިނާއަށް މިހާރު ދަތުރު ފަށާފައިވުމުން، ދިވެހި މަސްވެރި އުފެއްދުންތައް އެ ޤައުމަށް އެކްސްޕޯޓުކުރުމަށް މަޝްވަރާކޮށްފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް އިސްވެ އިންނަވައި ކުރިޔަށް ގެންދެވި މި ބައްދަލުވުމުގައި، ޤައުމީ މަސް ކުންފުނި މިފްކޯއާއި، އެމްއެސްއެސްއާއި، މޯލްޑިވިއަން، އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ބައިވެރިވިއެވެ. 

މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމުގެ މަޤްޞަދަކީ މަސްވެރިކަމުގެ ދާއިރާއަށް އެކްސްޕޯޓް ކުރުމުގެ ފުރުޞަތުތައް އިތުރުކޮށްދިނުމެވެ.

މޯލްޑިވިއަންގެ ސީދާ ދަތުރުތައް މިހާރު އެ ޤައުމުގެ ތިން ސިޓީއަކަށް ފަށާފައިވާއިރު، މި ދަތުރުތަކުގައި މަހުގެ ބާވަތްތައް އެކްސްޕޯޓްކުރަން ފެށުމުން، ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ހަޤީޤީ  މަންފާ ދިވެހިންނަށް ލިބިގެންދާނެއެވެ. 

މޯލްޑިވިއަންގެ ވައިޑް-ބޮޑީގެ ކޮންމެ ދަތުރެއްގައިވެސް އެއަރ ކާގޯ ގޮތުގައި 10 ޓަނުގެ މުދާ އުފުލޭނެކަމަށް މޯލްޑިވިއަނުން ވަނީ ހާމަކޮށްފައެވެ. 

މީގެ އިތުރު ބޯޓެއް މި އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާންކުރައްވާފައެވެ. އޭރުން ދަތުރުތައް އެހެން މަންޒިލްތަކަށް ވެސް ފުޅާކުރެވޭނެކަމަށް މޯލްޑިވިއަނުން ވަނީ ހާމަކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން