Ads by Exprox

ޚަބަރު

އއ. ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައިގެން ފަލަސްޠީނަށް އެހީވުމަށް ޚާއްޞަ ހަރަކާތެއް ބާއްވައިފި

އއ. ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައިގެން ފަލަސްޠީނަށް އެހީވުމަށް ޚާއްޞަ ހަރަކާތެއް ބާއްވައިފި

އއ. ހިމަންދޫގައި ކުރިއަށް ގެންދިޔަ "ހެލްޕް ޣައްޒާ - ދިވެހިން ހަނދާނެއް ނުނެތޭނެ" ހަރަކާތުގެ ތެރެއިން/ފޮޓޯ: ސްޓެލްކޯ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

05 ފެބްރުއަރީ 2025، 01:56

05 ފެބްރުއަރީ 2025، 01:56

ހުލާސާ

މި ޙަރަކާތުގައި ވަނީ ޖުމްލަ 260،800 ރުފިޔާ ހޯދާފައި

އއ. ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައިގެން ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ޙާއްޞަ ހަރަކާތެއް ބާއްވައިފިއެވެ.

"ހެލްޕް ޣައްޒާ - ދިވެހިން ހަނދާނެއް ނުނެތޭނެ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި ވަނީ ޖުމްލަ 260،800 ރުފިޔާ ހޯދާފައެވެ. މީގެ ތެރެއިން، 126،560 ރުފިޔާއަކީ އެ ރަށުގެ އިންޖީނުގޭގެ މުވައްޒަފުން މި ޙަރަކާތަށް ހަދިޔާކޮށްފައިވާ ފައިސާއެވެ. މި ޙަރަކާތުގައި ހިމަންދޫ ކައުންސިލުންނާއި، ސަރުކާރުގެ އެކިމުއައްސަސާތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން، އެރަށުގެ ކްލަބް ޖަމިއްޔާތަކުގެ އެހީތެރިކަން ވެސް މި ހަރަކާތް ހިންގުމުގައި ވަނީ ލިބިފައެވެ.

މި ޙަރަކާތާއި ގުޅޭގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯ އިން ވަނީ ސޯޝަލް މީޑިއާގައި ޙާއްޞަ ޕޯސްޓެއް ހިއްސާކޮށްފައެވެ. އެގޮތުން ސްޓެލްކޯއިން ވިދާޅުވީ، މިފަދަ އިޖްތިމާޢީ މަސައްކަތްތަކުގައި އެ ކުންފުންޏަށް ނިސްބަތްވާ މުވައްޒަފުންތަކެއް ނިކުމެ އިސްވެ، ޙަރަކާތްތެރިވެ އުޅުމަކީ އެ ކުންފުނިން ނުހަނު ބަލައިގަންނަ ކަމެއް ކަމަށެވެ. ހަމަ އެހެންމެ، މިފަދަ ކޮންމެ މަސައްކަތެއްގައި ވެސް ސްޓެލްކޯގެ މުވައްޒަފުން ދައްކަމުން ގެންދަވާ ހީވާގިކަމާއި، އިސްނެންގެވުމަކީ އެ ފަރާތްތަކާއި މެދު ފަޚުރުވެރިވާ ފަދަ، ނަމޫނާ މަސައްކަތެއް ކަމަށް ސްޓެލްކޯއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި މަސައްކަތުގައި ހަރަކާތްތެރިވި އެންމެހާ ފަރާތްތަކަށް ސްޓެލްކޯ އިން ވަނީ ޝުކުރު ދަންނަވާފައެވެ.

ހިމަންދޫގައި ބޭއްވި މި ހަރަކާތުގައި، ރަށުގެ ކުދި ބޮޑު އެންމެހާ ފަރާތްތަކުން ވަނީ ބައިވެރި ވެފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco