ކުޅިވަރު

ހާފް މެރެތަންގެ ވޯލްޑް ރެކޯޑް މުގުރާލައިފި

ހާފް މެރެތަންގެ ވޯލްޑް ރެކޯޑް މުގުރާލައިފި

ޖޭކޮބް ކިޕްލިމޯ، ފޮޓޯ: އޭޕީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

17 ފެބްރުއަރީ 2025، 03:40

17 ފެބްރުއަރީ 2025، 03:40

ހުލާސާ

ޖެކޮބް މި ރޭސް ފުރިހަމަކުރީ 56 މިނެޓު 42 ސިކުންތުން

ޔުގަންޑާގެ ޖެކޮބް ކިޕްލިމޯ، ހާފް މެރެތަންގެ ދުނިޔޭގެ ރެކޯޑު މުގުރާލައިފިއެވެ. އޭނާ މި ރެކޯޑު މުގުރާލީ، އާދީއްތަ ދުވަހު ސްޕެއިންގެ ބާސެލޯނާގައި ކުރިޔަށްދިޔަ ވޯލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލް ރޯޑު ރޭހުގައެވެ.

އުމުރުން 24 އަހަރުގެ ޖެކޮބް މި ރޭސް ފުރިހަމަކުރީ 56 މިނެޓު 42 ސިކުންތުންނެވެ. 

ދެ ފަހަރެއްގެ މަތިން ވޯލްޑް ކްރޮސް-ކަންޓްރީ ޗެމްޕިއަންޝިޕް ވެސް ކާމިޔާބުކޮށްފައިވާ ކިޕްލިމޯގެ އަތުގައި ކުރިން ވެސް ހާފް މެރަތަންގެ ރެކޯޑު އޮތެވެ. 2021 އިން ފެށިގެން އޭނާގެ އަތުގައި އޮތް މި ރެކޯޑު މުގުރާލާފައިވަނީ މިދިޔަ އަހަރު، އިތިއޯޕިއާގެ ޔޮމިފް ކެހެލްޝާއެވެ. ނަމަވެސް، 48 ސިކުންތުގެ ކުރިއެރުމެއް ހޯދައި، އޭނާ މިވަނީ އަނެއްކާ ވެސް މި ރެކޯޑު މުގުރާލާފައެވެ.

ކިޕްލިމޯ މި ރޭހުގައި ދުވިއިރު، އެ ސަރަޙައްދުގެ ފިނިހޫނުމިން ހުރީ 13 ޑިގްރީގައެވެ. އަދި އެއްވެސް ވަރަކަށް ވައެއް ނުޖެހެއެވެ.

ހާފް މެރަތަން ކާމިޔާބުކުރުމުގެ މަގުމަތީގައި އޭނާ ވަނީ 15 ކިލޯމީޓަރު ދުނިޔޭގެ ރެކޯޑު ވެސް މުގުރާލާފައެވެ. އޭނާ 15 ކިލޯމީޓަރު ފުރިހަމަކުރީ 39 މިނެޓު 47 ސިކުންތުންނެވެ. 

އުމުރުން 15 އަހަރުގައި އޮލިމްޕިކްސްގައި ވާދަކޮށްފައިވާ ކިޕްލިމޯ ބުނީ، ދުނިޔޭގެ ރެކޯޑު މުގުރާލެވޭނެކަމަށް އޭނާ ކުރިން އުއްމީދު ނުކުރާކަމަށެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS