Ads by Exprox

ޚަބަރު / ވިޔަފާރި

ރަމަޟާންމަހު އިތުރުވާ ކަރަންޓް ޑިމާންޑަށް ސްޓެލްކޯ ތައްޔާރުވަނީ

ރަމަޟާންމަހު އިތުރުވާ ކަރަންޓް ޑިމާންޑަށް ސްޓެލްކޯ ތައްޔާރުވަނީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ފޮޓޯ:ސްޓެލްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ފެބްރުއަރީ 2025، 12:11

22 ފެބްރުއަރީ 2025، 12:11

ރަމަޟާންމަހު މާލެ ސަރަހައްދުގައި އިތުރުވާ ކަރަންޓްގެ ޑިމާންޑަށް ޚިދުމަތްދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުދަ ދުވަހު ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު ވިދާޅުވީ، މިއަހަރުގެ ރަމަޟާންމަސް ދިމާވަނީ ހޫނު މޫސުމާއި ސްކޫލް ބަންދު ދުވަސްވަރަކާ ކަމަށްވުމާއެކު، ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވާނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

މާލެއަށް އަންދާޒާކުރާ ޑިމާންޑަށް ކޭޓަރ ކުރުމަށް މިދިޔަ އަހަރުގެ މެދުތެރޭގައި އަޅުގަނޑުމެން ޖަނަރޭޓަރާއި ޓްރާންސްފޯމަރާއި ބޭނުންވާ ސްވިޗް ގިއަރތައް އޯޑަރކޮށްގެން އަޅުގަނޑުމެންނަށް ބޭނުންވާ ޖަނަރޭޓަރުތަކުން ބައެއް ޖަނަރޭޓަރުތައް ރާއްޖެ އައިއްސި

 ނާޝިދު 

 އަދި މިހާރު ހުޅުމާލޭގައި 24 ގަޑިއިރުގެ އޮޕަރޭޝަނެއް ހިންގަމުންދާކަމަށް އޭނާ ހާމަކުރެއްވިއެވެ.

ނާޝިދު އިތުރަށް ވިދާޅުވީ، ރަމަޟާންމަހު ކަރަންޓް ބޭނުންކުރާ މިންވަރު %15 އާއި %20 ދެމެދު އިތުރުވާކަމަށެވެ. މިދިޔަ އަހަރުގެ ރަމަޟާންމަހުގެ ޕީކް ޑިމާންޑަކީ ގާތްގަނޑަކަށް 113 މެގަވޯޓްކަމަށާއި، މިއަހަރު އޭގެ މައްޗަށް އިތުރު 15 މެގަވޯޓް އިތުރުވާނެކަމަށް އަންދާޒާކުރާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

އަޅުގަނޑުމެން އަންދާޒާކުރަނީ މިއަހަރުގެ އަޅުގަނޑުމެންގެ ޕީކް ޑިމާންޑް 130 މެގަވޯޓާއި ކައިރި ކުރާނެކަމަށް

ނާޝިދު 

އަދި ރަމަޟާންމަހު މެންދުރު ފަހުން ފެށިގެން ރޭގަނޑު 12 ނުވަތަ 1 ޖަހަންދެން ކަރަންޓްގެ ބޭނުންކުރުން މަތީ މިންވަރެއްގައި ހުންނަކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސްޓެލްކޯއިން ވަނީ އާންމުންނަށް ގޭބީސީތަކުގައި ކަރަންޓް ބޭނުންކުރާއިރު އިޤްތިޞާދުކުރުމަށް އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް އޭސީ، ދޮންނަ މެޝިން، އަވަން އަދި އިސްތިރި ފަދަ ކަރަންޓް ގިނައިން ބޭނުންކުރާ އާލާތްތައް ބޭނުންކުރާއިރު ސަމާލުވެ ކަރަންޓް އިޤްތިޞާދުކުރުމަށް ވަނީ އެދިފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco