Ads by Exprox

ޚަބަރު

ސްޓެލްކޯގެ މުވައްޒަފުން މަސްދަޅު ބެހުމުގައި ސަރުކާރަށް އެހީތެރިވެއްޖެ

ސްޓެލްކޯގެ މުވައްޒަފުން މަސްދަޅު ބެހުމުގައި ސަރުކާރަށް އެހީތެރިވެއްޖެ

ސްޓެލްކޯގެ މުވައްޒަފެއް މަސްދަޅުބެހުމުގައި އެހީތެރިވަނީ ފޮޓޯ:ސްޓެލްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 ފެބްރުއަރީ 2025، 07:10

23 ފެބްރުއަރީ 2025، 07:10

ސަރުކާރުން މިހާރު ހިންގަމުންދާ މަސްދަޅު ބެހުމުގެ ޕްރޮގްރާމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މުވައްޒަފުންވެސް ބައިވެރިވެއްޖެއެވެ. މިކަން ހާމަކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ އެވެ.

އެމްޑީ ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މަސްދަޅު ބެހުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ސްޓެލްކޯގެ މުވައްޒަފުންވެސް މިހާރު ވަނީ މި މަސައްކަތުގައި ސަރުކާރުގެ ޓީމުތަކާ ގުޅިގެން ބައިވެރިވެފައި ކަމަށެވެ.

އަޅުގަނޑުމެންގެ މުވައްޒަފުން މިހާރު ތިބީ ޕޮލްކޯ ޓަވަރ (ސީބްލޮކް)ގައި ސްޓޭޝަންވެ ރައްޔިތުންގެ ޚިދުމަތުގައި

 އެމްޑީ ފަހުމީ

މި މަސައްކަތުގައި ސްޓެލްކޯގެ މުވައްޒަފުން ބައިވެރިވެފައިވަނީ، މަސްދަޅު ބެހުމުގެ ކިއުގެ ތަކުލީފު ވީހާވެސް ކުޑަކުރުމަށް ސަރުކާރުން ރާވާފައިވާ ރޭވުންތަކުގެ ތެރެއިންނެވެ. މިފަދަ ކަންކަމުގައި މުވައްޒަފުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް އެމްޑީ ފަހުމީ ޝުކުރު ދަންނަވާފައިވެއެވެ.



ރަމަޟާން މަހާ ގުޅިގެން ސަރުކާރުން ރައްޔިތުންނަށް ހިލޭ މަސްދަޅު ބަހަމުންދާއިރު، މި ޕްރޮގްރާމް ހިންގުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco