Ads by Exprox

ޚަބަރު

ބީއެމްއެލްގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ރޯދަމަހަށް އައު 6 ޚިދުމަތެއް ތަޢާރަފްކުރަނީ

ބީއެމްއެލްގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ރޯދަމަހަށް އައު 6 ޚިދުމަތެއް ތަޢާރަފްކުރަނީ

ބީއެމްއެލްގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން ފޮޓޯ:ބީއެމްއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 ފެބްރުއަރީ 2025، 01:32

23 ފެބްރުއަރީ 2025، 01:32

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ އެ ބޭންކުގެ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް، ބޭންކަށް ނުގޮސް ހުރިހާ ބޭންކިންގ ޚިދުމަތެއް ލިބޭނެ ގޮތަށް ޚިދުމަތްތައް ބައްޓަންކުރުމަށް ނިންމާފައެވެ. މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށެވެ.

ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ބޭންކުގެ ގޮތުގައި ފާހަގަކުރެވޭ ބީއެމްއެލްއިން މިހާރުވެސް ގިނަ ޚިދުމަތްތަކެއް ދެމުންދަނީ އޮންލައިންކޮށް އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށެވެ. މި ބަދަލުތަކާއެކު އިތުރު 6 އައު ޚިދުމަތެއް ތަޢާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އައު ޚިދުމަތްތަކުގެ ތެރޭގައި:
1. އާންމު ފަރުދުންނަށް އޮންލައިންކޮށް އެކައުންޓް ހުޅުވުން
2. ވިޔަފާރި އެކައުންޓްތައް އޮންލައިންކޮށް ހުޅުވުން
3. ހުރިހާ ބާވަތެއްގެ ލޯނަށް އޮންލައިންކޮށް އެދުން
4. ބޭރުން އަންނަ 10,000 ޑޮލަރާ ހަމައަށް ވަގުތުން އެކައުންޓަށް ޖަމާކުރުން
5. 5,000 ޑޮލަރާ ހަމައަށް ބޭރަށް ފައިސާ ފޮނުވުން
6. ވިޔަފާރިތަކަށް ބިޒްނަސް ކާޑުން 200,000 ރުފިޔާއާ ހަމައަށް ނަގުދު ފައިސާ ނެގުން

މީގެ އިތުރުން، ކަސްޓަމަރުންގެ ކާޑުތައް ގެއަށް ފޮނުވައިދިނުމާއި، ވިޔަފާރިތަކަށް 24 ގަޑިއިރު ތެރޭގައި ފައިސާ ޖަމާކޮށްދިނުމާއި، އޭޓީއެމްއިން ފައިސާ ނުނެގި ހުންނަ ފައިސާ 1 ގަޑިއިރު ތެރޭގައި އަނބުރާ ޖަމާކޮށްދިނުން ފަދަ ޚިދުމަތްތައްވެސް ތަޢާރަފްކުރުމަށް ވަނީ ނިންމާފައެވެ.

ރޯދަމަހު ބީއެމްއެލްގެ ބްރާންޗުތައް ހުޅުވިފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ. ނަމަވެސް ބޭންކުން ވަނީ ކަސްޓަމަރުންނަށް ގޭގައި ތިބެގެން ޚިދުމަތްތައް ހޯދުމަށް އިލްތިމާސްކޮށްފައެވެ.
                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS