Ads by Exprox

ޚަބަރު

ރަމަޟާންމަހަށް ކަރަންޓުގެ ޔަޤީންކަން އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފި

ރަމަޟާންމަހަށް ކަރަންޓުގެ ޔަޤީންކަން އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފި

(ސްޓެލްކޯ) އިން ހުޅުމާލޭގައި އިތުރު ޖަނަރޭޓަރުތަކެއް އިންސްޓޯލްކުރުމުގެ މަސައްކަތް ބައްލަވައިލެއްވުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ފެބްރުއަރީ 2025، 04:41

24 ފެބްރުއަރީ 2025، 04:41

ކުރިއަށް އޮތް ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން، މާލެ ސަރަހައްދުގައި ކަރަންޓުގެ ޔަޤީންކަން އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ދަތުރުފަތުރާއި މަދަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީނެވެ.

ވަޒީރު އަމީން މިހެން ވިދާޅުވީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހުޅުމާލޭގައި އިތުރު ޖަނަރޭޓަރުތަކެއް އިންސްޓޯލްކުރުމުގެ މަސައްކަތް ބައްލަވައިލެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. މި މަސައްކަތަކީ ރަމަޟާންމަހު އިތުރުވާނެކަމަށް ލަފާކުރެވޭ ކަރަންޓުގެ ޑިމާންޑަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ.

ރަމަޟާން މަހަކީ އެހެން މަސްތަކާ އަޅާބަލާއިރު ކަރަންޓުގެ ޑިމާންޑު ބޮޑުވާ މަހެއް. މިއަހަރުގެ ރަމަޟާންމަހަށް ސްޓެލްކޯއިން ވަނީ ގިނަ ތައްޔާރީތަކެއް ވެފައި

ވަޒީރު އަމީން

ވަޒީރު އިތުރަށް ވިދާޅުވީ، މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުންދާއިރު، ކަރަންޓަށް އޮންނަ ޑިމާންޑުވެސް ބޮޑުވަމުންދާ ކަމަށެވެ. މިކަމާ ގުޅިގެން، ސަރުކާރުގެ އަމާޒަކީ ކެޕޭސިޓީ އިތުރުކޮށް، މާލެ ސަރަހައްދުގައި ކަރަންޓުގެ ޔަޤީންކަން އިތުރުކުރުން ކަމަށް އޭނާ ހާމަކުރެއްވިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، މިއަހަރުގެ ރަމަޟާންމަހު ޕީކް ގަޑިތަކުގައި 132 މެގަވޯޓަށް ކަރަންޓް ބޭނުންކުރާ މިންވަރު އަރައިގެންދާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 17 މެގަވޯޓުގެ އިތުރުވުމެކެވެ.

އަޅުގަނޑުމެންގެ އިލްތިމާސްއަކީ މިކުރާ މަސައްކަތުގައި ބައިވެރިވެ ކަރަންޓު އިޤްތިޞާދު ކުރެއްވުން. ކަރަންޓު އިޤްތިޞާދު ކުރައްވައިފިނަމަ ބިލް ކުޑަކޮށްލެވޭނެ

 ސްޓެލްކޯ އެމްޑީ ފަހުމީ 

ސަރުކާރުގެ މި މަސައްކަތާއެކު، ރަމަޟާންމަހަށް ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެކަމަށް ސްޓެލްކޯއިން ޔަޤީންކަން ދީފައިވާ ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ. މިހާރު ހުޅުމާލޭގައި 13 މެގަވޯގަވޯޓުގެ 2 ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco