ކޮލަމް

ނޫރާއަށް ލަވަ ކިޔައިދެވުނީ ޖިންނީންގެ ކައިވެނި ހަފްލާއެއްގައި

ނޫރާއަށް ލަވަ ކިޔައިދެވުނީ ޖިންނީންގެ ކައިވެނި ހަފްލާއެއްގައި

ނޫރާއަށް ލަވަ ކިޔައިދެވުނީ ޖިންނީންގެ ކައިވެނި ހަފްލާއެއްގައި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ފެބްރުއަރީ 2025، 05:53

24 ފެބްރުއަރީ 2025، 05:53

ކުވައިތުގައި، މުނިފޫހިފލުވުމާއި މިއުޒިކުގެ ވާހަކައިން ފެށިގެން އަންނަނީ،  ނޫރާ އަލް ތަޤާޤާގެ ވާހަކައެވެ. ކުވައިތުގެ ހުނަރުވެރި ލަވަކިޔުންތެރިއެއް އަދި ޑްރަމަރެއްގެ ގޮތުގައި ދުރު ހިސާބުތަކަށް މަޝްހޫރުވެފައިވާ ނޫރާގެ އަޑަކީ ކޮންމެ މީހެއްގެ ހިތުގައި ޖަޒުބާތު އުފައްދާ ފަދަރީތި އަޑެކެވެ. މިއީ ކުވައިތުގެ ލަވަކިޔުންތެރި ނޫރާ އަލް ތަޤާޤާގެ  ވާހަކައެވެ. އޭނާގެ ރީތި އަޑުގެ އަސަރު ކުރުވީ އިންސާނުންގެ ހިތްތަކަށް އެކަނިއެއް ނޫނެވެ. އިންސާނުންނަށް ނުފެންނަ ދުނިޔޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް އަސަރުކުރުވާ ރީތި އަޑެކެވެ.  މިއީމިއުޒިކުން އިންސާނުންގެ ދުނިޔެއާއި ޖިންނީންގެ ދުނިޔެ ގުޅުވައިދިން ވާހަކައެކެވެ.

ނޫރާ އަލް ތަޤާޤާ އަދި ޖިންނިންގެ ކައިވެނި

ކުރިން ބުނެވުނު ފަދައިން، ނޫރާ އަލް ތަޤާޤާއަކީ 1990 ގެ އަހަރުތަކުގައި ލަވަކިޔުމާއި ބެރު ޖެހުމުގައި މަޝްހޫރު މީހެކެވެ. ކުވައިތުގައި އޭނާގެ ނަން ނޭނގޭ މީހަކު މަދުވާނެއެވެ. އޭނާ ގިނަފަހަރު ލަވަ ހުށައަޅައިދެނީ މުއްސަނދިންގެ ކައިވެނިތަކާއި، ޕާޓީތަކާއި، އެހެނިހެން ބޮޑެތި ހަފްލާތަކުގައެވެ. އެއްދުވަހަކު ކުއްލިއަކަށް ނޫރާއަށް ފޯނު ކޯލެއް އައެވެ. އާދައިގެ މަތިން، ނޫރާ އަލް ތަޤާޤާ އޭނާ ތަޢާރަފުވެ، އޭނާ ކުރާ މަސައްކަތް ފޯނުގައި ވާހަކަދެއްކި ފަރާތަށް ކިޔައިދިނެވެ. ދެން ފޯނުގައި ވާހަކަދެއްކި ފަރާތުން އެހީ އޭނާއާއި އޭނާގެ ބޭންޑު ކައިވެންޏެއްގައި ލަވަހުށައަޅައިދެވިދާނެތޯއެވެ. އެދުވަހު އެމީހުން ހުސްކޮށް ތިބުމާއެކު ނޫރާ އެ ހުށަހެޅުމަށް އެއްބަސްވިއެވެ.

އެޒަމާނުގައި ކައިވެނިތައް ބޭއްވެނީ ގެތަކުގައެވެ. މިހާރު އިވެންޓް ހޯލްތަކާއި ، ބޮޑެތި ރިސޯޓުތަކާއި ހޮޓާތަކުގައި ބާއްވާ ފަދައަކުން ނޫނެވެ. ނަމަވެސް ނޫރާއާއި އޭނާގެ ގްރޫޕަށް ކުރިއަށް އޮތީ ކޮންކަމެއްކަމެއް ނޭނގެއެވެ. އެދުވަސް އައިސް، ނޫރާ އަލް ތަޤާޤާއާއި އޭނާގެ ބޭންޑު އެތަނަށް ދިޔައެވެ. އެގެއާ ކައިރިވަމުން ދިޔައިރު، އެތަނަކީ ޙަޤީޤަތުގައި ވަރަށް ބޮޑު،  ޒީނަތްތެރިކޮށްފައިވާ ގަނޑުވަރެއްކަން ފެނުނެވެ. އެމީހުން ހިތަށްއެރީ، "އޯކޭ، މިއީވެސް އެހެންދުވަސްތަކެކޭ އެއްފަދައިން މުއްސަނދިންނަށް ލަވަކިޔައިދޭ  އާދައިގެ ދުވަހެކޭ."

އެމީހުން ރަނގަބީލުޖަހާ އެތެރެއަށް ވަނުމުން އަންހެނެއް އެމީހުންނަށް މަރުޙަބާ ކިޔައި އެތެރެއަށް ވަންނަން ބުންޏެވެ.

އެމީހުން އިށީނދެ ތިބީ ތަޅުމުގައެވެ. އެއީ އެދުވަސްވަރުގައި މީހުން އިށީނދެ އުޅުނު ގޮތެވެ. އެމީހުންނަށް އިށީނދެ ތިބުމަށް އޮމާން މަޑު ބާލީހެއް ލިބުނެވެ. ކުރިން ބުނެވުނު ފަދައިން، ނޫރާއާއި އޭނާގެ ބޭންޑަށް މަރުޙަބާ ކިޔުމަށް ގިނަ އަންހެނުން އައެވެ. އެއީ އޭނާއަކީ މަޝްހޫރު، ގިނަ ބަޔަކަށް އެނގޭ މީހަކަށްވާތީއެވެ.

އެމީހުންނަށް މަރުހަބާކިޔަން ކޯތާފަތުގައި ބޮސްދެމުން ދިޔައިރު، ނޫރާގެ ބޭންޑުގެ މެންބަރަކަށް ފާހަގަކުރެވުނީ އެ އަންހެނުންގެ ކޯތާފަތްތައް ވަރަށް ހޫނުކަމެވެ. ހުރިހާ މީހުންނަށްވެސް ހުމުގެ އަސަރު ކުރާހެން ހީވާ ވަރަށެވެ. އަދި އެއީ ފިރިހެނުން ތަކެކޭ ހީވާފަދަ އިހުސާސެއްވެސް ކުރެވުނެވެ. ނޫރާ އަލް ތަޤާޤާއަށްވެސް މިކަން ފާހަގަކުރެވުނެވެ. ނަމަވެސް އޭނާ ބުނީ އެކަމާ ކަންބޮޑުނުވާށެވެ. މި އާދަޔާ ޚިލާފު ކަންތައްތަކަށް މާބޮޑު ސަމާލުކަމެއް ނުދީ، އެމީހުން ކުރިއަށް ގޮސް ލަވަ ހުށައަޅަައިދޭން ފެށިއެވެ.

އެމީހުން ލަވަކިޔަން ފެށިތާ 30 މިނެޓުވެގެން ދިޔައިރު، ނޫރާ އަލް ތަޤާޤާގެ ބޭންޑުގެ މެންބަރަކަށް ފެނުނު މަންޒަރަކުން އޭނާގެ މޫނު މިލާމޯޅިވެ ބިރުން ސިހިގެން ދިޔައެވެ. އޭނާ އަށްފެނުނީ އަތް އިސްތަށިން ފުރިފައިވާ އަންހެނުންތަކެއް ނަށާ މަންޒަރެވެ. އަދި އެމީހުންގެ ހެދުން ވަޔާ މައްޗަށް ހިއްލިގެންދިޔަ  ވަގުތު، އެމީހުންގެ ފައިތަކަކީ ހިމަދިގުކޮށްހުރި ބަކަރީގެ ފައިތަކެއްހެން ފެނުނެވެ. ބޭންޑުގެ މެންބަރު މި މަންޒަރު ފެނި ބިރުގަތުމުން، ނޫރާ އޭނާއަށް ހިތްވަރު ދިނެވެ.

ކަންބޮޑުނުވޭ، އަވަހަށް މިކަން ނިމޭނެ. އަހަރެމެން ބިރުގަނެ ހާސަކަން އުފެއްދިއްޔާ، އެމީހުންނަށް ޝައްކުވާނެ. އަދި އެމީހުން އަހަރެމެނަށް ހަދާނެ ގޮތެއްވެސް ނޭނގޭނެ

ނޫރާ

ނޫރާގެ ބޭންޑުގެ މެންބަރު އޭނާ ބުނި އެއްޗަކަށް އިޖާބަދިން ނަމަވެސް، ތިބީ ބިރުން ހަލާކުވެފައެވެ. އެމީހުން ލަވަކިއުން ކުރިއަށް ގެންދިޔައެވެ. އަދި ކުޑައިރުކޮޅެއް ފަހުން، ކައިވެނިކުރި ފިރިހެނާއާއި އަންހެންމީހާ އައިސް އިށީނީ  ބޮޑު އަނގައެއް ހުޅުވިފައިވާ މީހެއްގެ ސޫރައިގެ ސިފައިގައި ބަހައްޓާފައިވާ ގޮނޑިތަކެއްގައެވެ. އެދެމީހުންއައިތާ 5 މިނެޓުވުމުން، ކުއްލިއަކަށް ލައިޓުތައް ނިވި، އެތަން މުޅިން އަނދިރިވެގެން ދިޔައެވެ. އެހިސާބުން ނޫރާއާއި އޭނާގެ ޓީމަށް ފިލުމުގެ ފުރުޞަތު ލިބުނެވެ. ފުރަތަމަ ނޫރާގެ ބޭންޑުގެ މެންބަރުން ދުއްވައިގަތެވެ. ދެން ނޫރާ އަލް ތަޤާޤާއާއި އެހެން ލަވަކިޔުންތެރިންނާއި މިއުޒިކު ކުޅޭ މީހުން އެމީހުންގެ ފުރާނަ ސަލާމަތްކުރުމަށް ދުވެފިލިއެވެ. ބޭންޑުން އެމީހުން އެތަނަށް ގެންދިޔަ މިއުޒިކް ކުޅޭ ސާމާނު ހިފައިގެން ދާކަށްވެސް މަސައްކަތެއް ނުކުރެއެވެ. އޭގެ ބަދަލުގައި އެންމެ މުހިންމު ތަކެތި އެކަނި ނެގިއެވެ.

އެމީހުން ކާމިޔާބުކަމާއެކު އެ ގަނޑުވަރުން ސަލާމަތްވެ، ދުވަމުން ދިޔައެވެ. އެހެން ދުވަމުން ދިޔައިރު، އެމީހުން ހުއްޓުވީ އމަގުން ދިޔަ ފިރިހެނެކެވެ. އޭނާއަށް އާދަޔާ ޚިލާފުކަމަކަށް ފެނުނީ އަންހެނުންގެ ގްރޫޕެއް އެހާ ރޭގަނޑު 3  އެގޮތަށް ދުވަމުން ދިއުމެވެ. އޭނާ އިތުރަށް ނޫރާ އަލް ތަޤާޤާއާ ސުވާލުކުރުމުން، ނޫރާ އޭނާއަށް މުޅި ހާދިސާ ކިޔައިދިނެވެ. ނަމަވެސް އެ ފިރިހެނާ ބުނީ އެ ގަނޑުވަރަކީ އެތައް އަހަރެއް ވަންދެން ފަޅަށް އޮތް ތަނެއްކަމަށާއި، އެތާ އެއްވެސް މީހަކު ނޫޅޭކަމަށެވެ. މި މުޅި ހާދިސާއަށް އަޑުއެހުމަށްފަހު، އެ ފިރިހެނާގެ ހަށިގަނޑުގައިވެސް ފިނިކަމެއް އިހުސާސްވާން ފެށިއެވެ. ނަމަވެސް އެ ފިރިހެނާ ވަރަށް ހެޔޮ ހިތުން ނޫރާއާއި އޭނާގެ ބޭންޑަށް އެމީހުން ދިރިއުޅޭ ތަނަށް ރައްކާތެރިކަމާއެކު ގެންގޮސްދިނެވެ. އެއީ ނޫރާ އަލް ތަޤާޤާ އޭނާގެ މަސައްކަތް ދޫކޮށްލި ދުވަހެވެ.   

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS