ވިޔަފާރި / ޚަބަރު

ރީޑިން ނެގުމަށް ސްޓެލްކޯގެ 350 މުވައްޒަފުން މާދަމާ ނިކުންނަނީ: ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ

ރީޑިން ނެގުމަށް ސްޓެލްކޯގެ 350 މުވައްޒަފުން މާދަމާ ނިކުންނަނީ: ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ

ސްޓެލްކޯ މުވައްޒަފުން ފޮޓޯ:އަވަސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ފެބްރުއަރީ 2025، 03:35

26 ފެބްރުއަރީ 2025، 03:35

ސްޓެލްކޯއިން މިއަދު ހާމަކުރި ގޮތުގައި، މާލެ ސަރަހައްދުގައި ކަރަންޓު ބިލުގެ ރީޑިން ނެގުމުގެ މަސައްކަތް އެއް ދުވަސް ތެރޭގައި ނިންމުމަށްޓަކައިޓަކައި އެ ކުންފުނީގެ 350 މުވައްޒަފުން މާދަމާ ނިކުންނާނެއެވެ.

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސަލީމް ވިދާޅުވީ، މާދަމާ ރީޑިންގް ނެގުމަށްފަހު ދެން ރީޑިންގް ނަގާނީ ރޯދަ މަސް ނިމުމުން އަންނަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އަދި ސްޓެލްކޯއިން ހިދުމަތްދޭ ހުރިހާ ރަށެއްގެ ގޭބިސީގެ ރީޑިން ނަގައި އެއް ދުވަސް ތެރޭގައި ނިންމާލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވި ގޮތުގައި މިގޮތަށް ހަމަޖެއްސުމުގެ މައިގަނޑު ސަބަބަކީ މިދިޔަ އަހަރު ދެ ބިލުން ވެސް ޑިސްކައުންޓު ދޭން ޖެހުނު މައްސަލަ ހައްލުކުރުމަށެވެ. މީގެ ކުރިން ބިލް ތައްޔާރު ކުރާއިރު 12 ދުވަހުގެ ތަފާތު އުޅުމުގެ ސަބަބުން މިދިޔަ އަހަރު ބައެއް ގެތަކަށް ދެ މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދޭން ޖެހުނެވެ.

މި މައްސަލަ ތަކުރާރުވިޔަ ނުދިނުމަށްޓަކައި، މިފަހަރުގެ ބިލު ތައްޔާރުކުރާނީ މާދަމާ އާއި ރޯދަ މަހުގެ ފަހު ދުވަހު ރީޑިން ނެގުމަށްފަހު މުޅި މަހަށް ވަކި ހާއްސަ ބިލެއްގެ ގޮތުގައި ކަމަށް ސްޓެލްކޯއިން ހާމަކުރިއެވެ. ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމުގައި ބަލާނީ މިދިޔަ އެއް އަހަރުގެ ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ބަލައިގެން ކަމަށާއި، ޑިސްކައުންޓް ދޭނީ އިތުރުވާ އަދަދަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން ރައްޔިތުންނަށް ގޮވާލާފައިވަނީ މާދަމާ ރީޑިންގް ނެގުމުގެ މަސައްކަތަށް އެއްބާރުލުން ދިނުމަށެވެ. ގޭގައި ގިނަވަގުތު ނޫޅޭނަމަ، އުޅޭނެ ވަގުތު ސްޓެލްކޯއަށް އަންގާލުމުން އެ ވަގުތަކާ ދިމާކޮށް ރީޑިންގް ނަގަން މުވައްޒަފުން ދާނެ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ. އަދި ރީޑިންގ ސާފުވާނެހެން މީޓަރުގެ ފޮޓޯއެއް ސްޓެލްކޯއަށް ހިއްސާ ކުރުމުން ވެރިފައި ކުރުމަށްފަހު ބިލް ތައްޔާރުކުރުމުގެ ފުރުސަތުވެސް އޮންނާނެއެވެ.
                    

މި ލިޔުން ކިޔާލުމުން