ވިޔަފާރި / ޚަބަރު

ރޯދަމަހުގެ ޑިސްކައުންޓް ބިލަށް ރީޑިންގ ނެގުން ސްޓެލްކޯއިން ފަށައިފި

ރޯދަމަހުގެ ޑިސްކައުންޓް ބިލަށް ރީޑިންގ ނެގުން ސްޓެލްކޯއިން ފަށައިފި

ސްޓެލްކޯގެ ރީޑިންނެގުމުގެ ހަރަކާތް ފެށުން ފޮޓޯ ސްޓެލްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ފެބްރުއަރީ 2025، 11:41

27 ފެބްރުއަރީ 2025، 11:41

ރޯދަމަހުގެ ޑިސްކައުންޓާ އެކު ހަދާ ކަރަންޓު ބިލަށް ފުރަތަމަ ރީޑިންގ ނެގުމުގެ މަސައްކަތް ސްޓެލްކޯއިން މިއަދު ހެނދުނު ފަށައިފިއެވެ. މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ  ވައުދުފުޅު "އަކުރުން އަކުރަށް" ތަންފީޒުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

މި މަސައްކަތް ފެށުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ މި މަސައްކަތް ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކުރް ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ. އެގޮތުން، މި މަސައްކަތް ކުރަމުންދާ ގޮތް ބަލައި، މަސައްކަތުގެ ފޮޓޯނެގުމުގެ ހުއްދަ ވެސް ނޫސްވެރިންނަށް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ހަމަ ޔަގީންކުރަން ބޭނުން ރައީސްގެ ވައުދުފުޅު އަކުރުން އަކުރަށް ތަންފީޒުކުރަން. އެހެންވެގެން މިއަދު މި ރީޑިންގ މި ނަގަނީ. އޭގެ އިތުރަށް އަޅުގަނޑު ދަންނަވާލަން ބޭނުން ހަމަ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އަޅުގަނޑުމެން ބޭނުން ވަރަށް ބޮޑަށް ދެފުށް ފެންނަ ގޮތަށް މިކަން ކުރަން. އެހެންވީމަ ރީޑިންގ ނަގާއިރު ފޮޓޯ ނަގަންވެސް މި ނިންމީ

އެމްޑީ ފަހުމީ 

މީގެ އިތުރުން ފަހުމީ ވަނީ ކޮންމެ ބޭފުޅަކަށް ވެސް ބިލު ލިބިވަޑައިގަތުމުން ބިލުގައި ހުރި ރީޑިންގތަކާއި މީޓަރާ ދިމާވޭތޯ ޔަގީންކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މި މަސައްކަތް މިއަދުން މިއަދަށް ނިންމާލެވޭނެ ކަމަށާއި، ނަމަވެސް ރީޑިންގ ނުނެގޭ ތަނެއް ހުރިނަމަ މާދަމާ ހެނދުނު ވެސް ރީޑިންގ ނެގުން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



މި ލިޔުން ކިޔާލުމުން