Ads by Exprox

ޚަބަރު

ރައީސް މުޢިއްޒު ޑޮމިނިކަން ރިޕަބްލިކްގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސް މުޢިއްޒު ޑޮމިނިކަން ރިޕަބްލިކްގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ޑޮމިނިކަން ރިޕަބްލިކްގެ ރައީސްފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ފެބްރުއަރީ 2025، 01:23

27 ފެބްރުއަރީ 2025، 01:23

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޑޮމިނިކަން ރިޕަބްލިކްގެ 180 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް ހިޒް އެކްސެލެންސީ ލުއިސް ރުޑޮލްފޯ އަބިނާރދަރ ކޮރޯނާއަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. މިއަދު ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ރައީސް މުޢިއްޒު މި ތަހުނިޔާ ފޮނުއްވާފައިވަނީ އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ކަމަށެވެ.

ރައީސް މުޢިއްޒުގެ މެސެޖުގައި ޑޮމިނިކަން ރިޕަބްލިކްގެ ރައީސަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާފާގަތިކަމަށް އެދިވަޑައިގެންފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ހަމައެއާއެކު، ޑޮމިނިކަން ރިޕަބްލިކްގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށްވެސް އެދިވަޑައިގެންފައިވާ ކަމަށް ބުނެފައިވެއެވެ.

ޑޮމިނިކަން ރިޕަބްލިކަކީ 1844 ވަނަ އަހަރު މިނިވަންކަން ހޯދާފައިވާ ޤައުމެކެވެ. 
                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS