ވިޔަފާރި / ޚަބަރު
އީޓުކުރި ލޯކަލްއިން ވިޔަފާރިކޮށްގެން އަގުހުރި ފައިސާގެ އިނާމެއް ހޯދުމުގެ ފުރުޞަތު!

އީޓުކުރި ލޯކަލް ރަމަޞާން ޕްރޮމޯޝަން ފޮޓޯ: މޯލްޑިވްސް ޕޯސްޓް
ރަމަޟާން މަހަށް ޚާއްޞަކޮށްގެން އީޓުކުރި ލޯކަލްއިން ވިޔަފާރިކުރައްވާ ފަރާތްތަކަށް ޚާއްޞަ ފައިސާގެ އިނާމެއް ކާމިޔާބުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އީޓުކުރި ލޯކަލްއިން ކުރިއަށްގެންދާ މިރަމަޟާން ޕްރޮމޯޝަން މިހާރު ވަނީ ފެށިފައެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުޞަތު 3 އޭޕްރިލް 2025 އާ ހަމައަށް ކުރިއަށްދާނެއެވެ. މި ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް ވަނީ އޮންލައިންކޮށް ވިޔަފާރިކުރައްވައިގެން 5،000 ރުފިޔާ ކާމިޔާބުކުރުމުގެ ފުރުޞަތު ލިބިދެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި، ކަސްޓަމަރުން މަދުވެގެން 500 ރުފިޔާގެ ވިޔަފާރި ކުރައްވަން ޖެހެއެވެ. އެއަށްވުރެ ގިނައިން ވިޔަފާރިކުރައްވައިފިނަމަ ކޮންމެ 500 ރުފިޔާއަކަށް މި ޕްރޮމޯޝަންގެ ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ.
އަދި މީގެ އިތުރުން، ޕްރޮމޯޝަންގެ މުއްދަތުގައި ކުރާ ޝަރުތުފުރިހަމަވާ ހުރިހާ އޯޑަރުތަކެއް އޮޓޮމެޓިކުން ޑްރޯގައި ބައިވެރިވާނެއެވެ.
އެހެންކަމުން އީޓުކުރި ލޯކަލްއިން ވިޔަފާރިކޮށްގެން ފަސޭހަކަމާއެކު ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުޞަތު މިވަނީ ހުޅުވާލާފައެވެ. ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި ބައްލަވައި ގަތުމަށް ވިޔަސް ނުވަތަ އީދު ހެދުމާއި ސެންޓާއި އަތަރު ބައްލަވައި ގަތުމަށް ވިޔަސް، ކޮންމެ އޯޑަރަކުން އިނާމު ކާމިޔާބުކުރުމުގެ ފުރުޞަތު އިތުރުވެގެންދާނެއެވެ!
އީޓުކުރި ލޯކަލް އިޚްތިޔާރުކުރައްވަންވީ ކީއްވެ؟
އީޓުކުރި ލޯކަލްއިން ރާއްޖޭގެ އުފެއްދުންތެރިންގެ ތަކެއްޗާއި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ތަކެތި ގަތުމުގެ ފުރުޞަތު ފަހިކޮށްދިނުމާއެކު، ބައްލަވައިގަންނަވާ ތަކެތި ރާއްޖޭއާއި ދުނިޔޭގެ އެކިކަންކޮޅުތަކަށް ރައްދުކޮށްދޭނެއެވެ. އޭގެ އިތުރުން ފަސޭހަކަމާއެކު އެއްތާކުން ތަފާތު ސާމާނު ރައްކާތެރިކަމާއެކު ގަނެވޭ އޮންލައިން ވިޔަފާރީގެ ތަޖުރިބާއެއްވެސް ލިބިވަޑައިގަންނަވާނެއެވެ. އަދި ވިޔަފާރިކޮށްގެން ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވެވަޑައިގަތުމުގެ ފުރުޞަތާއިއެކު މި ޚާއްޞަ ރަމަޟާން ޕްރޮމޯޝަން ގެއްލުވައިނުލައްވާށެވެ! shop.etukuri.mv އަށް ވަޑައިގެން ވިޔަފާރިކުރައްވާ އިނާމު ކާމިޔާބުކުރުމުގެ ފުރުމުގެ ފުރުޞަތު ހޯއްދަވާށެވެ. މިފަހަރުގެ ނަސީބުވެރިއަކީ ތިއީ ކަމުގައި ވެދާނެއެވެ.