ދުނިޔެ

ޖަަބަލިއްޔާ އަށް ހަމަލާދިނީ އެތަން ހަމާސްގެ ކޮމާންޑްގެ ދަށުގައި އޮތުމުން:އިޒްރާއިލް

ޖަަބަލިއްޔާ އަށް ހަމަލާދިނީ އެތަން ހަމާސްގެ ކޮމާންޑްގެ ދަށުގައި އޮތުމުން:އިޒްރާއިލް

ސެޕްޓެމްބަރު 21 ވަނަ ދުވަހު އިޒްރާއިލުން ހަމަލާދިން ފަލަސްޠީނުގެ ސްކޫލެއް. ފޮޓޯ:އަލްޖަޒީރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ސެޕްޓެމްބަރު 2024، 10:52

26 ސެޕްޓެމްބަރު 2024، 10:52

ޣައްޒާގެ ޖަބަލިއްޔާގައި ހުންނަ ހަފްސާ އަލް ފަލޫޖާ ސްކޫލަށް އިޒްރާއިލްގެ އަސްކަރިއްޔާއިން ހަމަލާދިނީ އެސްކޫލްގެ ކޮމާންޑް އޮޮތީ ހަމާސްގެ ދަށުގައި ކަމަށް ވާތީ ކަމަށް އިޒްރާއިލުން ބުނެފިއެވެ. 

އިޒްރާއިލުން މިހެން ބުނެފައިވާއިރު މިކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް އިޒްރާއިލުން ހާމަކޮށްފައެއް ނުވެއެވެ. އިޒްރާއިލުން ބުނެފައިވަނީ ހަމަލާދިނުމުގައި އިޒްރާއިލާ ދެކޮޅަށް ހަމަލާދިނުމަށް ރާވާފައިވާ މެމްބަރުންނަށް އަމާޒުކޮށްފައިވާ ކަމަށެވެ. 

އަލްޖަޒީރާގައި ބުނެފައިވަނީ ޖަބަލިއްޔާއަށް ދިން ހަމަލާގައި 15 މީހަކު ޒަޚަމްވެފައިވާކަމަށެވެ. އަދި ހަމަލާ އަމާޒުކޮށް ދީފައިވާ ސްކޫލަކީ ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު ވަގުތީ ބޯހިޔާވަހިކަން ހޯދަމުންދާ ސްކޫލެއްކަން ފާހަގަކޮށްލަން ޖެހެއެވެ. 

އިޒްރާއިލުން އަންނަނީ ބޯހިޔާވަހިކަން ގެއްލިފައިވާ ފަލަސްޠީނުގެ ރައްޔިތުން ބޯހިޔާވަހިކަން ހޯދަމުންދާ ތަންތަނަށް އަމާޒުކޮށް ހަމަލާތައްދެމުންނެވެ. އަދި ހަމަލާދޭކަމުގެ ސަބަބެއް ކަމަށް ބުނެފައިވަނީ ހަމާސްގެ ހަނގުރާމަވެރިން އެތަނުގައި ފިލައި ތިބުމެވެ. ނުވަތަ އެތަނަކީ ހަމާސްގެ ކޮމާންޑްގެ ދަށުގައި ވާތަނެއް ކަމަށްބުނެ ބަހަނާދެއްކުމެވެ. 

އެންމެ ފަހުން ދިން މިފަދަ އެއް ހަމަލާގައި ސެޕްޓެންބަރު 21 ވަނަ ދުވަހު ޣައްޒާ ސިޓީގެ ސްކޫލަކަށް އަމާޒުކޮށް 13 ކުޑަކުދިންނާއި ހަ އަންހެނުންނާއި ތިން މަހުގެ ތުއްތު ކުއްޖަކު ހިމެނޭ ގޮތަށް 22 މީހުން ވަނީ ޝަހީދުވެފައެވެ.

އިޒްރާއިލުން ފަލަސްޠީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ފަލަސްޠީނުގެ 41،534 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި 96 ހާހަށްވުރެ ގިނަ މީހަކު ވަނީ ޒަޚަމްވެފައެވެ. 

 

މި ލިޔުން ކިޔާލުމުން