ދުނިޔެ

އަހަރެމެން ފަލަސްޠީންގެ ބިން ދޫކޮށް ނުދާނަން: މަޙްމޫދް ޢައްބާސް

އަހަރެމެން ފަލަސްޠީންގެ ބިން ދޫކޮށް ނުދާނަން: މަޙްމޫދް ޢައްބާސް

ފަލަސްޠީނުގެ ރައީސް މަޙްމޫދް ޢައްބާސް. ފޮޓޯ:ފްރާންސް 24

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ސެޕްޓެމްބަރު 2024، 10:55

26 ސެޕްޓެމްބަރު 2024، 10:55

ފަލަސްޠީނުގެ ރައްޔިތުން ފަލަސްޠީނުގެ ބިން ދޫކޮށް ނުފައިބާނެ ކަމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދް ޢައްބާސް ވިދާޅުވެއްޖެއެވެ.

މަޙްމޫދު ޢައްބާސް މިހެން ވިދާޅުވީ އދ.ގެ ޖެނެރަލް އެސަމްބްލީގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މަޙްމޫދު ޢައްބާސްގެ ވާހަކަފުޅު ފައްޓަވައިފައިވަނީވެސް ފަލަސްޠީނުގެ ރައްޔިތުން ފަލަސްޠީނުގެ ބިން ދޫކޮށް ނުފައިބާނެ ކަމަށް ވިދާޅުވަމުންނެވެ. 

“އަހަރެމެން އެބިން ދޫކޮށް ނުފައިބާނަން، އެބިން ދޫކޮށް އަހަރެމެން ނުފައިބާނަން، އެބިން ދޫކޮށް އަހަރެމެން ނުފައިބާނަން، ފަލަސްޠީނަކީ އަހަރެމެންގެ ބިން، އެއީ އަހަރެމެންގެ ކާބަފައިންގެ ބިން ބައްޕައިންގެ ބިން، އެބިން ދެމި އޮންނާނީ އަހަރެމެންގެ ތަނެއްގެ ގޮތުގައި، އެބިމުން ބަޔަކު ފައިބަން ޖެހޭނަމަ އެއީ އެތަނަށް ގަދަކަމުން ވެރިގަނެގެން ތިބި މީހުން” މަޙްމޫދް ޢައްބާސްގެ ސްޕީޗް ފަށްޓަވަމުން ވިދާޅުވިއެވެ. 

ޢައްބާސްގެ ވާހަކަފުޅުގައި ވަނީ ނަތަންޔާހޫ ޔޫއެސް ކޮންގްރެސްގައި ޖުލައި މަހު ދެއްކި ވާހަކަ ދޮގުކޮށްފައެވެ. ނަތަންޔާހޫ ބުނެފައިވަނީ އިޒްރާއިލްގެ ހަމަލާތަކުގައި އެއްވެސް ކުޑަކުއްޖަކު ޝަހީދުކޮށްލައިފައިނުވާ ކަމަށެވެ. 

“ﷲ ގަންދީފައި އަހުރެން ބުނަން، މިހާތަނަށް 15،000 ވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލައިފައިވޭ، މި ކުށްތައް ހުއްޓުވާ، މިކަން ވަގުތުން ވަގުތައް ހުއްޓުވާ، ކުޑަކުދިންނާއި އަންހެނުން މެރުން ހުއްޓުވާ، ނަޞްލު ނައްތާލުމަށް ކުރިއަށްގެންދާ ހަނގުރާމަ ހުއްޓުވާ، އިޒްރާއިލަށް ހަތިޔާރު ފޮނުވުން ހުއްޓުވާ” މަޙްމޫދް ޢައްބާސްގެ ސްޕީޗްގައި ވިދާޅުވެފައިވެއެވެ. 

އިޒްރާއިލުން ހިންގަމުންމިގެންދާ ހަމަލާދިނުންތައް ހުއްޓުވަން ޖެހޭ ކަމަށާއި، ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކަށް މުޅި ދުނިޔެ ޒިންމާވާންޖެހޭ ކަމަށެވެ. 

މަޙްމޫދު ޢައްބާސްގެ ވާހަކަފުޅުގައި އިޒްރާއިލް ސިފަކޮށްފައިވަނީ ޓެރަރިޒްމް ގޭންގެއްގެ ގޮތުގައެވެ. އަދި ފަލަސްޠީނުގެ ހުރިހާ ސަރަހައްދަކަށް އިޒްރާއިލުން ވެރިވެގަނެ ބިންތަކުގައި އެމީހުންގެ އިމާރާތްތައް އަޅަން ފަށައިފާވާކަން ފާހަގަ ކުރައްވައިފައިވެއެވެ. 

މަޙްމޫދް ޢައްބާސްގެ ވާހަކަފުޅުގައި ވަނީ އިޒްރާއިލުން ލުބްނާނަށް ދެމުންދާ ހަމަލާތަކަށް އަލިއަޅުވައިލައްވައި ވާހަކަދައްކަވައިފައެވެ. އެގޮތުން އިޒްރާއިލުން ލުބްނާނަށް ދެމުންދާ ހަމަލާތަކަކީ ލުބްނާންގެ ނަޞްލު ނައްތާލުމަށް ދެމުންދާ ހަމަލާތަކެއް ކަމަށް ވިދާޅުވެފައިވެއެވެ. 

“އަހަރެމެން މި ޢުދުވާންތައް ކުށްވެރިކުރަން، އަދި ހަމަލާތައް ވަގުތުން ވަގުތައް ހުއްޓާލުމަށް ގޮވާލަން” މަޙްމޫދް ޢައްބާސް ވިދާޅުވެފައިވެއެވެ. 

މަޙްމޫދު ޢައްބާސް ވިދާޅުވީ އިޒްރާއިލްގެ ސިފައިން ވަނީ ޣައްޒާގެ ގިނަ އިމާރާތްތަކާއި އިންފްރާސްޓްރަކްޗަރ ނައްތާލާފައި ކަމަށެވެ.

އަދި މަޙްމޫދް ޢައްބާސްވަނީ އިޒްރާއިލަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވައެވެ.

 “ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަގުތުން އިޒްރާއީލަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޖެހޭ” މަޙްމޫދު ޢައްބާސް ވިދާޅުވެފައިވެއެވެ. 

 މަޙްމޫދު ޢައްބާސް ވިދާޅުވީ އެމެރިކާއިން އަންނަނީ ފަލަސްޠީނާއި ދެކޮޅަށް މަސައްކަތްކުރަމުން ކަމަށެވެ. އަދި އެއީ ކީއްވެގެން ކަމެއް އޭނާއަށް ނުވިސްނޭ ކަމަށް މަޙްމޫދް ޢައްބާސް ވިދާޅުވިއެވެ.

 "ދުނިޔޭގެ ޑިމޮކްރަސީ، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އެމެރިކާއިން އިޒްރާއީލުން ހަނގުރާމަ ހުއްޓާލުމަށް ޑިމާންޑްކޮށް ސަލާމަތީ މަޖިލީހުގެ ޑްރާފްޓް ގަރާރުތަކަށް ތިން ފަހަރެއްގެ މަތިން ހުރަސް އެޅިތީ ހިތާމަކުރަން،" މަޙްމޫދު ޢައްބާސް ވިދާޅުވިއެވެ.

މަޙްމޫދު ޢައްބާސް ވިދާޅުވީ އެމެރިކާއިން އިޒްރާއިލުން ފަލަސްޠީނާއި ދެކޮޅަށް ހިންގާ ހަނގުރާމައަށް ބާރުއަޅާކަމަށެވެ. 

މި ލިޔުން ކިޔާލުމުން