ވިޔަފާރި / ޚަބަރު
ރަމަޟާންމަހުގެ އެންމެ ގިނަ އަދަދަކަށް އެތެރެކުރެވިފައިވަނީ ކަރާ : އެމްޕީއެލް

ކަރާ ފޮޓޯ:އިންޓަނެޓް
ހުލާސާ
މިއަހަރުގެ ރަމަޟާން މަހަށް އެތެރެކުރެވޭ މޭވާގެ ތެރެއިން އެންމެ ގިނައިން އެތެރެކުރެވެނީ ކަރާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކުރި ތަފާސްހިސާބު ތަކުން ދައްކައިފިއެވެ. އެގޮތުން އެންމެ ދުވަހެއްގެ މައްޗަށް 3،333 ޕެކޭޖުގެ ކަރާ އެތެރެކުރެވިފައިވާކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.
Statistics of breakbulk perishable cargo and containers cleared on 25th March 2025.#MaldivesPortsLimited #portmv #MPL #ramadan2025 #RoadhaigeRoohu pic.twitter.com/BLMrgidzi2
— Maldives Ports Limited (@Portmv) March 25, 2025
ރަމަޟާން މަހަށް އިތުރުވެފައިވާ ޑިމާންޑާ އެކު، އެމްޕީއެލްއިން ވަނީ ޖުމްލަ 276 ޓީއީޔޫ (ޓްވެންޓީ-ފޫޓް އިކުއިވަލަންޓް ޔުނިޓް) ގެ މުދާ ކްލިއަރ ކޮށްފައެވެ. މީގެ ތެރޭގައި 98 ވިހިފޫޓުގެ ކޮންޓެއިނަރާއި 89 ސާޅީސްފޫޓުގެ ކޮންޓެއިނަރ ހިމެނެއެވެ. މިގޮތަށް މުދާ އަވަހަށް ކްލިއަރކުރުމުގެ ސަބަބުން ބާޒާރުގައި މުދަލުގެ ދަތިކަން ނުޖެހި، މުދާ ލިބެން ހުންނާނެއެވެ.
ކަރާގެ އިތުރުން އެހެނިހެން ކާބޯތަކެތިވެސް ވަނީ ގިނައިން އެތެރެކުރެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
• ބިސް: 1،355 ޕެކޭޖު
• ފިޔާ: 760 ޕެކޭޖު
• ދޮންކެޔޮ: 617 ޕެކޭޖު
• އަލުވި: 420 ޕެކޭޖު
• ޓޮމާޓޯ: 387 ޕެކޭޖު
• ކެބެޖް: 181 ޕެކޭޖު
މީގެ އިތުރުން އަލަނާސި، ބަރަބޯ، ފަޅޯ، އަންނާރު އަދި ޖުމްހޫރީ މޭވާވެސް ވަނީ އެތެރެކުރެވިފައެވެ.
ރަމަޟާން މަހުގައި ކާބޯތަކެތީގެ ބޭނުން އިތުރުވުމާ ގުޅިގެން، އެމްޕީއެލްއިން ދަނީ ކާބޯތަކެތީގެ ރައްކާތެރިކަމާއި ބާޒާރުގެ އަގުތައް އެއްހަމައެއްގައި ބެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ. މުދާ އަވަހަށް ކްލިއަރކުރުމުގެ އިންތިޒާމް ހަމަަޖައްސައި ސަޕްލައި ޗެއިން ހަލުވިކޮށް ދެމެހެއްޓުމަށް ލުއިފަސޭހަގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ.