Ads by Exprox

ޚަބަރު

ކުރީގެ ޕީޖީ މުހްތާޒް ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް!

ކުރީގެ ޕީޖީ މުހްތާޒް ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް!

ކުރީގެ ޕީޖީ މުޙްތާޒް މުޙްސިން. ފޮޓޯ:އައްޑޫ ލައިވް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 އޯގަސްޓު 2024، 03:54

25 އޯގަސްޓު 2024، 03:54

ކުރީގެ ޕްެރޮސިކިޔުޓަރ ޖެނެރަލް މުޙްތާޒް މުހުސިން ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކުރައްވައިފިއެވެ. 

މުހުތާޒް ޚާރިޖިއްޔާގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކުރައްވައިފައިވާކަން މީޑިއާ އަށްވަނީ ކަށަވަރުވެފައެވެ. 

މުހްތާޒްގެ މަޤާމު ޚާރިޖިއްޔާއަށް ބަދަލު ކުރައްވައިފައިވާއިރު ކުރިން މުޙްތާޒް ހުންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރެއްގެ ގޮތުގައެވެ. އޭނާ އެމަޤާމަށް ހަމަޖެއްސެވީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. 

ރާއްޖޭގެ ޕްރޮސިކިޔުޓަރ ޖެނެރަލް ކަން ކުރެއްވެވި މުޙްތާޒް ވެރިކަން ކުރާ ޕީއެންސީ އާއި ގުޅިވަޑައިގެންފައިވަނީ ފާއިތުވި ރިޔާސީ އިންތިޚާބުގެ ތެރޭގައެވެ. 

މުޙްތާޒް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަނގެތި ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވުމަށް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވައިފައެވެ. 

ނަމަވެސް އޭނާ އަށް އެ އިންތިޚާބުވަނީ ނާކާމިޔާބުވެފައެވެ. 

 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco