ދުނިޔެ
ދެކުނު ކޮރެއާގެ ރައީސްގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، މަޤާމުން ވަކިކޮށްފި

ދެކުނު ކޮރެއާގެ ރައީސްގެ މަޤާމުގައިި ހުރި ޔޫން ސުކް ޔޯލް/ފޮޓޯ: އިންގްލިޝް ޓީވީ
ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވެ، ރައީސްކަމުގެ މަޤާމުން ވަކިކޮށްފިއެވެ.
ޔޫން ސުކް ޔޯލްގެ މައްޗަށް ސާބިތުވެފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ އަޒުލުކުރުމުގެ ދައުވާއެވެ. މި ދައުވާ ޔޫން ސުކް ޔޯލްގެ މައްޗަށް ސާބިތުވެފައިވަނީ، 8 ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުންކަމަށް އެ ޤައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ފަނޑިޔާރުން މިގޮތަށް ނިންމަވާފައިވަނީ އެ ޤައުމުގައި މާޝަލް ލޯ އިއުލާނުކުރުމަކީ ޤާނޫނު އަސާސީއާއި އެހެނިހެން ޤާނޫނުތަކާ ޚިލާފުވި ކަމެއް ކަމަށް ފެންނާތީ ކަމަށް ނޫސްތަކުގައި ބަޔާންކޮށްފައި ވެއެވެ.
މީގެ އިތުރުން، ޔޫން ސުކް ޔޯލްގެ މައްޗަށް ވަނީ މާޝަލް ލޯ އިއުލާނުކުރުމުގެ އިތުރުން، ޤާނޫނު ހެދުމުގެ ބާރުގެ މަސައްކަތަށް ހުރަސްއެޅުމަށް ސިފައިންނާއި ފުލުހުން ބޭނުންކޮށްފައި ކަމުގެ މައްސަލަވެސް ސާބިތުވެފައެވެ. އޭނާ މަޤާމުން ވަކިކޮށްފައިވަނީ މިއަދު އެ ޤައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ނެރުނު ހުކުމެއްގައެވެ. އެ ހުކުމާއި ގުޅިގެން އެ ޤައުމުގައި މާޝަލް ލޯ އިއުލާނުކުރުމާއި ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި، ހަމަނުޖެހުންތައް ވަނީ ނިމުމަކަށް އައިސްފައެވެ.
ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލްގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އަދި މިކަމާއި ގުޅިގެން އެ ޤައުމުގެ ރައްޔިތުން ވަނީ ގިނަ ހަމަނުޖެހުންތަކެއް ހިންގައިފައެވެ.