Ads by Exprox

ޚަބަރު

ކަނޑުއޮއްގިިރި އަކީ އެމްއެންޑީއެފްގެ އެއްވެސް ބިމެއް އުނިނުވެ އިތުރުކުރެވުނު ރަށެއް: ވަޒީރު ޣައްސާން

ކަނޑުއޮއްގިިރި އަކީ އެމްއެންޑީއެފްގެ އެއްވެސް ބިމެއް އުނިނުވެ އިތުރުކުރެވުނު ރަށެއް: ވަޒީރު ޣައްސާން

ދިފާޢީ ވަޒީރު ޣައްސާން މައުމޫން. ފޮޓޯ:ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 އޯގަސްޓު 2024، 05:06

25 އޯގަސްޓު 2024، 05:06

ކަނޑުއޮތްގިރި އަކީ ދިވެހިރާއްޖެގެ ދިފާޢީ ބާރަށް އެއްވެސް ބިމެއް އުނިނުވެ އިތުރުކުރެވުނު ރަށެއް ކަމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. 

ވަޒީރު ޣައްސާން މިހެން ވިދާޅުވީ މަސްވެރިންނަށް ބޭނުންވާ ޖާގަ ހުޅުމާލެ ބަނދަރުން ހަމަޖެއްސުމަށް މަޝްވަރާ ކުރުމަށްފަހު ކަނޑުއޮއްގިރި މިފްކޯއާ ހަވާލުކުރުމާއި ގުޅިގެން ކުރީގެ ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެެއްވަމުންނެވެ. 

އެގޮތުން މާރިޔާގެ ޕޯސްޓުގައި ކަނޑުއޮއްގިރި އެމްއެންޑީއެފާ ހަވާލުކުރީ މިދިޔަ ސަރުކާރުން އެމްއެންޑީއެފަށް ދިން 120،000 އަކަފޫޓުގެ ބިން މިފްކޯއަށް ދޭގޮތަށްތޯ ސުވާލު އުފައްދާފައިވެއެވެ. 

މާރިޔާގެ އުފައްދަވައިފައިވާ ސުވާލަށް ޖަވާބުދެއްވަމުން ދިފާއީ ވަޒީރު ޣައްސާނު ވިދާޅުވީ ކަނޑުއޮއްގިރިއަކީ އެމްއެންޑީއެފްގެ އެއްވެސް ބިމެއް އުނިނުވެ, އިތުރުކުރެވުނު ރަށެއް ކަމަށެވެ.

މިމަހުގެ 4 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ، ކަނޑުއޮތްގިރީގައި މިފްކޯއިން ކުރަމުންދިޔަ މަސައްކަތާއި އެކަށީގެންވާ ބިމެއް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައެޅުމަށް ނިންމާފައެވެ.

މިއާއިއެކު، މިފްކޯއިން ވެސް ވަނީ ކަނޑުއޮތްގިރީގައި މިފްކޯއިން ކުރަމުންގެންދިޔަ މަސައްކަތްތައް ހުޅުމާލޭގައި ކުރުމަށް ބިމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފައެވެ.

 

 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco