Ads by Exprox

ޚަބަރު

ޢީދު ބައިބަލާ ޗެލެންޖްގެ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަރުޙަބާ ދަންނަވައިފި

ޢީދު ބައިބަލާ ޗެލެންޖްގެ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަރުޙަބާ ދަންނަވައިފި

ޢީދު ބައިބަލާ ޗެލެންޖް ފޮޓޯ:ބައިބަލާ އެސޯސިއޭޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 އޭޕްރީލު 2025، 06:37

06 އޭޕްރީލު 2025، 06:37

ޢީދު ބައިބަލާ ޗެލެންޖް 1446 ގެ ބައިވެރިންނަށާއި، ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފް މަރުހަބާ ދަންނަވައިފިއެވެ.



އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެފައިވަނީ މިފަދަ މުބާރާތްތަކަކީ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒާ އެއްގޮތަށް ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކޮށް، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުރެވެމުންދާ މަސައްކަތަށް އިތުރުވެގެންދިޔަ ބޮޅެއް ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ޓީއެފްޓީ، ލޮރެންޒޯ ސްޕޯޓްސް ކުލަބު، މިދިޔަ އަހަރުގެ ރަނަރަޕް ކުލަބު ކާސިންޖީ އަދި ޒެޕޯއެވެ. މިރޭ ކުރިއަށްދާ ސެމީ ފައިނަލުގައި ލޮރެންޒޯ ނުކުންނާނީ ޒެޕޯއާ ދެކޮޅަށް ކަމަށާއި، ކާސިންޖީއާ ވާދަކުރާނީ ޓީއެފްޓީ ކަމަށް ވަނީ އިޢުލާނުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ މިރޭގެ ކުޅުމަށް ހަމަޖެހިފައިވާ ސެމީފައިނަލާއި ފައިނަލް މެޗުގައި ވާދަކުރާ ޓީމުތަކަށް ކާމިޔާބީއަށް އެދިވަޑައިގެންނެވުމާއެކުގައެވެ.

ޢީދު ބައިބަލާ ޗެލެންޖް 1446 ގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ކަމަށާއި، މިރޭގެ ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗުވެސް ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS