Ads by Aqeeqa Maldives

ޚަބަރު

ޤައުމުގެ ނަން ވައިގެ ތެރޭގައި ފަވަމުން ތިޔަ ކުރައްވާ މަސައްކަތަށް ފަޚުރުވެރިވަން: ރައީސުލްޖުމްހޫރިއްޔާ

ޤައުމުގެ ނަން ވައިގެ ތެރޭގައި ފަވަމުން ތިޔަ ކުރައްވާ މަސައްކަތަށް ފަޚުރުވެރިވަން: ރައީސުލްޖުމްހޫރިއްޔާ

އައިލެންޑް އޭވިއޭޝަން އުފައްދާފައިވަނީ 2000 ވަނަ އަހަރު، ފޮޓޯ: މޯލްޑިވިއަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 އޭޕްރީލު 2025، 08:05

13 އޭޕްރީލު 2025، 08:05

ޤައުމުގެ ނަން ވައިގެ ތެރޭގައި ފަވަމުން އައިލެންޑް އޭވިއޭޝަންގެ ޓީމުން ކުރައްވާ މަސައްކަތަށް ފަޚުރުވެރިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާ މިހެން ވިދާޅިވީ، އައިލެންޑް އޭވިއޭޝަންއަށް 25 އަހަރު ފުރުމުގެ ރިހިޔޫބިލް މުނާސަބަތާ ގުޅިގެން އެ މަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވެވި ޕޯސްޓެއްގައެވެ. 

މެދުކެނޑުމެއްނެތި 25 އަހަރު ދިވެހި ޤައުމުގެ ނަން ވައިގެ ތެރޭގައި ފަވަމުން، އައިލެންޑް އޭވިއޭޝަންގެ ޓީމުން ތިޔަ ކުރައްވަވާ ހިންމަތްތެރި މަސައްކަތަށް އަޅުގަނޑުމެން ފަޚުރުވެރިވަމުއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ މެސެޖުގައި ވެއެވެ.

މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ދަތުރުފަތުރު ފުޅާކުރުމުގަ އާއި، އިޤްތިޞާދު ހިފެހެއްޓުމުގައި އަދި ޤައުމުގެ ތަރައްޤީ ދަމަހައްޓައިދިނުމުގައި އައިލެންޑް އޭވިއޭޝަންއަކީ މުހިންމު ބައިވެރިއެއް ކަމަށެވެ.

މި ކުންފުނި އުފައްދާފައިވަނީ 13 އެޕްރީލް 2000 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން އަބްދުލް ޤައްޔޫމްއެވެ. މި ކުންފުނި އުފެއްދެވިކަން އެންގެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޭރު ނެރުނު ދެންނެވުމުގައި އޮތީ، އެ ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާވާ ކުންފުންޏެއް ކަމަށާއި، އެއީ ވައިގެ ދަތުރުފަތުރާ ގުޅޭ ޚިދުމަތްތައް ދިނުމަށް އުފައްދަވާފައިވާ ކުންފުންޏެއް ކަމުގައެވެ.

މި ކުންފުނި އުފެދުނުއިރު ފްލައިޓްތަކުގައި ފުރަތަމަ ބޭނުންކުރަމުން ދިޔައީ "އައިލެންޑް" މި ނަމެވެ. ނަމަވެސް 2008 ވަނަ އަހަރުގެ ނޮވެންބަރު ތެރޭގައި އެ ނަން "މޯލްޑިވިއަން" އަށް ބަދަލުކުރިއެވެ. އަދި އޭގެ ފަހުން އެ ކުންފުނީގެ ފްލައިޓުތަކުގައި ޖަހާފައިވަނީ އެ ނަމެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS