ރިޕޯޓް
މޯލްޑިވްސް ސްޓޭޓް ޝިޕިންގ : ޝިޕިންގ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ރާއްޖޭގެ ރޫޙު

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ގެ ގަލީނާ ފޮޓޯ:އެމްއެސްއެސް
މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އަކީ ކަނޑުދަތުރުފަތުރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ރަމްޒެއްގެ ގޮތުގައި، ދިވެހިރާއްޖެ ދުނިޔޭގެ ވިޔަފާރީގެ ވިއުގައާ ގުޅުވައިދޭ ފަރާތެކެވެ. 4 ފެބްރުއަރީ 2020 ގައި އެސްޓީއޯގެ ސަބްސިޑަރީއެއް ގޮތަށް އުފެދުނު އެމްއެސްއެސް އަކީ ޝިޕިންގ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި އަވަސް ދުވެއްޔެއްގައި ކުރިއަރައި، ހަރުދަނާކަމާއި، އިތުބާރާއި އަދި ދެމެހެއްޓެނިވި ކުރިއެރުމަށް އަމާޒުކޮށްފައިވާ މުހިންމު ބާރެކެވެ.
ޒަމާނުއްސުރެ ކުރެވެމުން އައި ދަތުރެއް
ދިވެހިރާއްޖެއަކީ ކަނޑުދަތުރުފަތުރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ތާރީޚެއް އޮތް ޤައުމެކެވެ. އެއްޒަމާނެއްގައި މި ސަރަޙައްދުގެ އެންމެ ބޮޑު ޝިޕިންގ ފްލީޓް އޮތީ ދިވެހިރާއްޖޭގައެވެ. އެމްއެސްއެސް އުފެއްދުމުގެ މަޤްޞަދަކީ މި ފަޚުރުވެރި މާޒީ އަލުން އާލާކޮށް، ދުނިޔޭގެ ޝިޕިންގގެ ޗާޓުގައި ދިވެހިރާއްޖޭގެ މަޤާމު އަލުން ޤާއިމުކުރުމެވެ. ޤައުމީ ޝިޕިންގ ލައިނެއްގެ ގޮތުގައި، އެމްއެސްއެސް އިން ބައިނަލްއަޤްވާމީ ވިޔަފާރި ފަސޭހަކޮށްދިނުމުގެ އިތުރުން، ކަނޑުދަތުރުފަތުރުގެ ދާއިރާއިން ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދެއެވެ.
ފުރިހަމަ ކަނޑުދަތުރުފަތުރުގެ ޚިދުމަތްތައް
އެމްއެސްއެސް އިން ފޯރުކޮށްދެނީ އެކި ބޭނުންތަކަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ތަފާތު ޚިދުމަތްތަކެކެވެ:
ފީޑަރ އަދި ލައިނަރ ޚިދުމަތްތައް: ކަނޑައެޅިފައިވާ މަގުތަކުގައި، ވަކި ބަނދަރުތަކަކަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ހުއްޓުމާއެކު، އެމްއެސްއެސް އިން ކަށަވަރުކޮށްދެނީ ވަގުތަށް އަދި ހަރުދަނާކަމާއެކު މުދާ އުފުލައިދިނުމެވެ. ފާހަގަކޮށްލެވޭ ގޮތެއްގައި، ކޮލޮމްބޯއާއި މާލެއާ ދެމެދު ފީޑަރ މާކެޓްގެ %65 ހިއްސާ މިހާރު އޮތީ މި ކުންފުނީގެ އަތުގައެވެ. މިއީ ކުންފުނި އުފެދުނު އަހަރު އޮތް %13.8 އާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ނޮން-ވެސެލް އޮޕަރޭޓިންގ ކޮމަން ކެރިއަރ (އެންވީއޯސީސީ): އޭގެ ފޯރުންތެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، އެމްއެސްއެސްގެ އެންވީއޯސީސީ ޚިދުމަތްތަކުން އެމްއެސްއެސްގެ ކޮންޓެއިނަރުތަކުގައި ޕާރޝިއަން ގަލްފާއި އިންޑިއަން ސަބްކޮންޓިނެންޓުން ފެށިގެން ސައުތު އީސްޓް އަދި އީސްޓް އޭޝިއާގެ މާކެޓްތައް ގުޅުވައިދެއެވެ. މިއީ ޝިޕިންގ އަދި ލޮޖިސްޓިކްސް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި އެމްއެސްއެސްގެ ކުރިއެރުން ފާހަގަކޮށްދޭ ކަމެކެވެ.
ޝިޕިންގ އޭޖެންސީ: ދަތުރުފަތުރުގެ އިތުރުން، އެމްއެސްއެސް އިން ފޯރުކޮށްދެނީ ޝިޕް ޗަންޑެލިންގ، ބަންކަރިންގ އަދި އުޅަނދުފަހަރުގެ ފަޅުވެރިން ބެލެހެއްޓުން ފަދަ އޭޖެންސީ ޚިދުމަތްތަކެވެ. މި ހުރިހާ ޚިދުމަތްތަކެއްވެސް ފޯރުކޮށްދެނީ ޚަރަދު ކުޑަކޮށް އަދި އިތުބާރުހުރި ގޮތެއްގައެވެ.
ކަނޑާއި ވައިގެ މަގުން ޓްރާންސްޝިޕްމަންޓް: 2024 ވަނަ އަހަރު، އެމްއެސްއެސް އިން މުހިންމު ބައިވެރިންނާއެކު ދިވެހިރާއްޖޭގެ ފުރަތަމަ ކަނޑާއި ވައިގެ މަގުން ޓްރާންސްޝިޕްމަންޓްގެ މަޝްރޫޢު ފެށިއެވެ. މި މަޝްރޫޢުގެ ދަށުން ކަނޑު އަދި ވައިގެ ދަތުރުފަތުރު އެއްކޮށްލައިގެން މުދާ އުފުލުން އަވަސްކުރެވޭނެއެވެ. ސަރަޙައްދީ ބަނދަރުތަކުން މިފަދަ މުދާ ރާއްޖެއާއި ހަމައަށް ކަނޑުމަގުން ގެންނަނީ އެމްއެސްއެސްގެ ބޯޓުތަކުގައެވެ. .
ރާއްޖޭގެ އެތެރޭގެ ޓްރާންސްޝިޕްމަންޓް: ރާއްޖޭގެ އެތެރޭގެ ލޮޖިސްޓިކްސް އައު ފެންވަރަކަށް ގެންދިއުމަށްޓަކައި، އެމްއެސްއެސް އިން ތަޢާރަފުކުރީ ވަކި ތާވަލެއްގެ މަތިން މާލެބަނދަރާއި ރާއްޖެތެރޭގެ ބަނދަރުތަކުގެ މެދުގައި މުދާ އުފުލުމުގެ ނިޒާމް ގުޅުވާލުވެމެވެ. މި ނިޒާމުގެ ސަބަބުން ދިވެހިރާއްޖޭގެ އެންމެ ދުރު ރަށްތަކަށްވެސް އަސާސީ ބޭނުންތަކުގެ ތަކެއްޗާއި ސާމާނު ކޮންޓެއިނަރުގައި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިވެ، ވިޔަފާރީގެ ޙަރަކާތްތައް އިތުރުވެގެންދާނެއެވެ.
ޗާޓަރިންގ އަދި ފްރެއިޓް ފޯވަރޑިންގ: ޚާއްޞަ ޗާޓަރިންގ ޔުނިޓެއް ޤާއިމުކޮށްގެން، ޙާއްސަ މުދާ އުފުލުމަށް ޝިޕިންގ ޙައްލުތައް ފޯރުކޮށްދެމުންދެއެވެ. މީގެ ތެރޭގައި އެކި ބޭނުންތަކަށް ގެންނަ ޕްރޮޖެކްޓް ކާގޯ / ސްޕެޝަލް ކާގޯ އަދި މިނޫންވެސް މުދާ އުފުލުމަށް ބޯޓު ޗާޓަރުކޮށްދިނުން ހިމެނެއެވެ. އަދި މީގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑެތި ޝިޕިންގްބ ލައިންތައް ކަމުގައިވާ މާސްކް އަދި ހެޕަގް-ލޮއިޑްއާއެކު އޮންނަ ގުޅުން ބޭނުންހިފައިގެން، އެމްއެސްއެސްގެ ފްރެއިޓް ފޯވަރޑިންގ ޚިދުމަތްތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކާ ގުޅުވައިދިނުން ކަށަވަރުކޮށްދެއެވެ.
އުޅަނދުފަހަރާއި އިންފްރާސްޓްރަކްޗަރ
އެމްއެސްއެސްގެ ކުރިއެރުމުގެ އަޒުމު ދައްކުވައިދެނީ އެ ކުންފުނީގެ ވަރުގަދަ އުޅަނދުފަހަރުގެ އިންފްރާސްޓްރަކްޗަރ އިންނެވެ. މި ކުންފުނިން 2024 ވަނަ އަހަރުގައި އޮޕަރޭޓްކުރީ ފަސް އުޅަނދެކެވެ. މީގެ އިތުރުން 2،500 ޓީއީޔޫއަށްވުރެ ގިނަ ކޮންޓެއިނަރުގެ އިންވެންޓްރީއެއް އެބައޮތެވެ. މި ވަސީލަތްތަކުގެ ސަބަބުން އެމްއެސްއެސް އަށް މެޑިޓެރޭނިއަންއާއި މެދުއިރުމަތިން ފެށިގެން އިރުމަތީ އޭޝިއާއާއި ހަމައަށް ހުރި މުހިންމު ބަނދަރުތަކަށް ޚިދުމަތް ދެވެއެވެ. މިއީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ފުޅާ ދާއިރާއެއްގައި ޚިދުމަތް ފޯރުކޮށްދިނުން ކަށަވަރުކޮށްދޭ ކަމެކެވެ.
އަންނަން އޮތް ޖީލު ބާރުވެރިކުރުވުން
ވިޔަފާރީގެ މަސައްކަތްތަކުގެ އިތުރުން، އެމްއެސްއެސް އިން ވަރަށް ބޮޑު އިސްކަމެއް ދެނީ ކަނޑުދަތުރުފަތުރުގެ ދާއިރާގެ ހުނަރުވެރިން އުފެއްދުމަށެވެ. 2022 ގައި ފެށުނު "ކަލާސީން" ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން، ދިވެހި ދަރިވަރުންނަށް ނެވިގޭޝަން/ނޯޓިކަލް ސައިންސް އަދި މެރިން އިންޖިނިއަރިންގ ދާއިރާތަކުން ފުރިހަމައަށް ފުލީ ފަންޑެޑް ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ލިބެއެވެ. މި މަޝްރޫޢުން ދައްކުވައިދެނީ އެމްއެސްއެސްގެ އަމިއްލަ އުޅަނދުފަހަރަށާއި މުޅި ޤައުމަށް ބޭނުންވާ ހުނަރުވެރި މުވައްޒަފުން ތަމްރީނުކުރުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަމެވެ.
ކުރިއެރުމަށް ކުރާ މަސައްކަތް
އެމްއެސްއެސްގެ އަސާސީ އަގުތަކުގެ ތެރޭގައި ޒިންމާދާރުވުމާއި، އައު ގޮތްތައް ހޯދުމާއި، ދެމެހެއްޓެނިވި ގޮތްތައް ބޭނުންކުރުމާއި، އިސްނެގުމާއި، އަދި ޤާބިލުކަމަށް އިސްކަންދިނުން ހިމެނެއެވެ. ކުންފުނީގެ މައި އޮފީހުގައި އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް ހަމަހަމަކޮށް ބެހެއްޓުމުން ދައްކުވައިދެނީ ތަފާތުތަކަށް އިޙްތިރާމުކުރާކަމެވެ. މީގެ އިތުރުން، އެމްއެސްއެސް އިން އެންމެ އިސްކަމެއް ދެނީ ތަމްރީނާއި ތަރައްޤީއަށެވެ. މައި އޮފީހުގެ މުވައްޒަފުންގެ %80 އަށްވުރެ ގިނައީ ޝިޕިންގ ދާއިރާއަށް އަލަށް ވަދެފައިވާ މުވައްޒަފުންނެވެ. ނަމަވެސް މިހާރު އެމުވައްޒަފުންނަކީ މި ދާއިރާގެ ގިނަ މައުލޫމާތުތަކެއް އިނގިފައިވާ މުވައްޒަފުންނެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިންގ އަކީ ހަމައެކަނި ޝިޕިންގ ކުންފުންޏެއް ނޫނެވެ. އެއީ ދިވެހިރާއްޖޭގެ ދެމިގެންވާ ކަނޑުދަތުރުފަތުރުގެ ރޫޙުގެ ހެއްކެކެވެ. އެއީ ކުރީގެ އާދަކާދަތަކާއި އައު އީޖާދުތައް ގުޅުވައިލައިގެން ދުނިޔޭގެ ވިޔަފާރީގެ މުސްތަޤުބަލަށް މަގުދައްކައިދޭ ފަރާތެކެވެ.