ކުޅިވަރު

ނުވަ އަހަރު ވެފައިވާ 100 މީޓަރު ބްރެސްޓްސްޓްރޯކްގެ ޤައުމީ ރެކޯޑު ހަމްނާ މުގުރާލައިފި

ނުވަ އަހަރު ވެފައިވާ 100 މީޓަރު ބްރެސްޓްސްޓްރޯކްގެ ޤައުމީ ރެކޯޑު ހަމްނާ މުގުރާލައިފި

ފެތުމުގެ 12 ރެކޯޑެއް ހަމްނާގެ އަތުގައި އޮވޭ ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

16 އޭޕްރީލު 2025، 09:13

16 އޭޕްރީލު 2025، 09:13

ނުވަ އަހަރު ވެފައިވާ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު ހަމްނާ އަޙްމަދު އައުކޮށްފިއެވެ.

ހަމްނާ މި ރެކޯޑު އާކުރީ ހަންގޭރީގައި ކުރިއަށްދާ އެ ގައުމުގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްސްގައެވެ. މި އިވެންޓު ހަމްނާ ފުރިހަމަކުރީ 1 މިނެޓު 23:38 ސިކުންތުން ރޭސް ނިންމައިގެނެވެ. 

މި ރެކޯޑު ކުރިން އޮތީ އައިޝަތު ޝާޖިނާ އަތުގައެވެ. އެއީ 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް އެއް މިނެޓު 24.65 ސިކުންތުން ރޭސް ފުރިހަމަކޮށްގެން އޭނާ ހެދި ރެކޯޑެކެވެ.

މި ރެކޯޑުގެ އިތުރުން އެހެން 11 ރެކޯޑެއް ވެސް ހަމްނާގެ އަތުގައި އޮވެއެވެ. 

  • އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް
  • އަންހެނުންގެ ލޯންގް ކޯސް 4X200 ފްރީސްޓައިލް ރިލޭ
  • އަންހެނުންގެ ޝޯޓް ކޯސް 50 މީޓަރު ބެކްސްޓްރޯކް
  • އަންހެނުންގެ ޝޯޓް ކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް
  • އަންހެނުންގެ ޝޯޓް ކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް
  • އަންހެނުންގެ ޝޯޓް ކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް
  • އަންހެނުންގެ ޝޯޓް ކޯސް 4X100 މީޓަރު ފްރީސްޓައިލް ރިލޭ
  • އަންހެނުންގެ ޝޯޓް ކޯސް 4X100 މީޓަރު މެޑްލޭ ރިލޭ
  • ލޯންގް ކޯސް 4X100 މީޓަރު މެޑްލޭ މިކްސްޑް ރިލޭ
  • ޝޯޓް ކޯސް 4X50 މީޓަރު ފްރީސްޓައިލް މިކްސްޑް ރިލޭ
  • ޝޯޓް ކޯސް 4X50 މީޓަރު މެޑްލޭ މިކްސްޑް ރިލޭ

މި ލިޔުން ކިޔާލުމުން

Ads by MSS