ވިޔަފާރި
މިހާރު އެންމެ އިސްކަމެއް ދެނީ އަރަބިއަން ޓްރެވަލް މާކެޓަށް: ޝިއުރީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ---
ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު މިހާރު އެންމެ އިސްކަމެއް ދެނީ އަރަބިއަން ޓްރެވަލް މާކެޓަށްކަމަށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެއެވެ.
އަރަބިއަން ޓްރެވެލް މާކެޓަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައި ޝިއުރީ ވިދާޅުވީ، މި ފެއަރއަށް މި އަހަރު ޙާއްސަ އިސްކަމެއް ދޭކަމަށާއި، ބޭނުމަކީ އަރަބިއަން މާކެޓަށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުން ކަމަށެވެ.
މި ފެއާރ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 އިން މެއި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މިފަހަރު 230 އަށް ވުރެ ގިނަ މަންދޫބުން ރާއްޖެ ތަމްސީލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަރަބިއަން ޓްރެވެލް މާކެޓަކީ މިހާރު ދުނިޔޭގައިވެސް ބޭއްވޭ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއަރއެވެ. އެހެންކަމުން ގިނަ ފަރާތްތަކާއި އެކު ކުރެވުނު މަޝްވަރާތަކުން މިފެއަރއަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭކަން އެނގިގެން ދިޔަ ކަމަށް ޝިއުރީ ވިދާޅުވިއެވެ.
އަޅުގަނޑުމެން ވަރަށް ގިނަ ބޭފުޅުންނާއި ބައްދަލުކޮށް އެމީހުންގެ ޚިޔާލުތައް ހޯދިއިރު، އެންމެންވެސް މަޑުމަޑުން ބުރަވެވެނީ އައިޓީބީއަށް ވުރެ މިފެއަރ މިހާޜު ބޮޑު އެބަވެއޭ. އިސްކަން މިފެއަރ ދޭން އެބަޖޭހެ. އެގޮތަށް ވިސްނާފައި އަޅުގަނޑުމެން މިފަހަރު ވަރަށް ބޮޑު ފޯކަސްއެއް މިފެއަރ މިދިނީ. އެހެންވީމަ ވަރަށް ގިނަ ތަފާތު ކަންތައްތައް މިފެއަރގައި ފެނިގެންދާނެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ޝިއުރީ ވިދާޅުވިއެވެ.
މި އަހަރުގެ ފެއާރގައި 160 ޤައުމަކުން 46،000 އަށް ވުރެ ގިނަ ޕްރޮފެޝަނަލުން ބައިވެރިވެއެވެ.