Ads by Exprox

ޚަބަރު

26 ރަށެއްގައި ދަނޑުވެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށްއެބަދޭ

26 ރަށެއްގައި ދަނޑުވެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށްއެބަދޭ

ރާއްޖޭގެ ދަނޑެއްގައި ހައްދާފައިހުރި ބަރަބޯތަކެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޭޕްރީލު 2025، 03:11

20 އޭޕްރީލު 2025، 03:11

ރާއްޖޭގެ 26 ރަށެއްގައި މިހާރުވެސް ދަނޑުވެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށްއެބަދާކަމަށް މޯލްޑިވެސް އެގްރިބިޒްނަސް(މެޕް) އިން ހާމަ ކޮށްފިއެވެ.

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް(އިފާޑް) އާއި ދިވެހި ސަރުކާރާއިގުޅިގެން ރާއްޖޭގެ އެންމެ އުތުރު 3 އަތޮޅު ކަމަށްވާ، ހއ.ހދ. އަދި ށ ގައި ކުރިޔަށް ގެންދާ ދަނޑުވެރިކަމުގެ ޕްރޮގްރާމްތައް ކަމަށްވާ މެޕްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.

މެޕް އިން އުތުރުގެ ބައެއް ރަށްތަކުގައި ހިންގާ ތަމްރީން ތަކުގެ ތެރޭގައި ދަނޑުވެރިންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ގަރާންޑް ސްކީމެއްގެ ދަށުން ދަނީ ކުރިއަށެވެ. 

މީގެ އިތުރުން ދަނޑުވެރިކަމުގައި ދެޖިންސުގެ ހަމަމަމަކަން ގާއިމުކުރުމުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި ފުޑް ސެކިއުރިޓީ އަދި ނިއުޓްރިޝަން އެވެއަރނެސް ޕްރޮގްރާމްތައްވެސް އަންނަނީ ދަނޑުވެރިންނަށް ހިންގަމުން ދެެއެވެ.

މެޕްގެ މަސައްކަތްތައް 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފަށާފައިވާއިރު، ކުރި ތަޖްރިބާތަކަށް ބަލައި ބަދަލުތަކަކާއިއެކު 26 ރަށަކަށް އަމާޒުކޮށްގެން ތަމްރީންތައް ކުރިޔަށް ގެންދިޔަނަމަވެސް އުތުރުގެ ހުރިހާރަށެއްވެސް ޝާމިލް ކުރުމުގެ މަސައްކަތް މެޕް އިން ދަނީ ކުރަމުންނެވެ.

މެޕްގެ ތަޖްރިބާތަކަށް ބަލައި ތަމްރީންތައް ގެންދާ ގޮތްތަކަށް ތަފާތު ބަދަލުތަކެއް ގެނެސްފައިވާއިރު، އައިލެންޑް ފާމަރސް ފޯރަމް ގެ ނަމުގައި އެރަށްރަށުގައި ދަނޑުވެރިންގެ ގްރޫޕް ތަކެއް އެކުލަވާލައި، ދަނޑުވެރިންގެ ބޯޑެއް އެކުލަވާފައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS