Ads by Exprox

ޚަބަރު

މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލާދެނީ ސިފައިންގެ އަޒުމް: ރައީސުލްޖުމްހޫރިއްޔާ

މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލާދެނީ ސިފައިންގެ އަޒުމް: ރައީސުލްޖުމްހޫރިއްޔާ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އަހަރީދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުން، ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވުން، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 އޭޕްރީލު 2025، 07:21

21 އޭޕްރީލު 2025، 07:21

ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލާދެނީ ދިވެހި ސިފައިންގެ އަޒުމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ސިފައިންގެ 133 ވަނަ އަހަރީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

އެ މަނިކުފާނު ވިދާޅުވީ ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބީއެއްގެ ސިއަރަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި މި ޤައުމު އޮތުން ކަމަށާއި، އަދި މި މިނިވަންކަމުގެ ފަހަތުގައި އޮތީ ސިފައިންގެ ޖޯޝާއި، ޤުރުބާނީ އާއި ނުގުޑާ އަޒުމް ކަމަށެވެ.

ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގައި މި ޤައުމު ދެމިއޮތުން. ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުން.  

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވެވި ޕޯސްޓުގައި ވެއެވެ.

މީގެ އިތުރުން، މާތްވެގެންވާ އިސްލާމް ދީނާއި، ޤައުމުގެ މިންވަންކަމުގެ ޙައްޤުގައި ދިވެހި ސިފައިން އެ ކުރައްވާ މަސައްކަތުގައި ބަރަކާތްލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާ ދަންނަވާފައެވެ. އަދި އެ މަނިކުފާނުގެ ސަރުކާރުން ދިވެހި އަސްކަރިއްޔާގެ ވަރުގަދަކުރުމަށް ކުރާ މަސައްކަތަށް ކާމިޔާބު ދެއްވުމަށް ވެސް ދުޢާ ދަންނަވާފައިވެއެވެ.

މާތްވެގެންވާ އިސްލާމްދީނާއި، މި ވަޠަނުގެ މުސްތަޤިއްލުކަމުގެ ޙައްޤުގައި ދިވެހި ސިފައިން އެ ކުރައްވާ ހިންމަތްތެރި މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލައްވާށި. ދިވެހި ޤައުމީ ދިފާޢީ ބާރު ވަރުގަދަކޮށް، ޒަމާނީ ވަސީލަތްތަކާއި ކުރިއެރުން ޙާޞިލްކުރުމަށް މިކުރާ މަސައްކަތްތަކަށް ކާމިޔާބީ މިންވަރު ކުރައްވާށި. މިލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި. އާމީން.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެ މަނިކުފާނު ވަނީ ސިފައިންގެ މުއައްސަސާގެ އޭރާއި މިހާރުގެ ޚިދުމަތްތެރީންނަށް ވެސް ދުވަހުގެ ތަޙުނިޔާ ދަންނަވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS