ކުޅިވަރު

ހަންގޭރީގައި 50 މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު މުގުރާލައިފި

ހަންގޭރީގައި 50 މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު މުގުރާލައިފި

މުޙައްމަދު އާން ޙުސެއިން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 އޭޕްރީލު 2025، 09:03

21 އޭޕްރީލު 2025، 09:03

ހަންގޭރީގައި ކުރިޔަށްދިޔަ އެ ގައުމުގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް، 50 މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު މުގުރާލައިފިއެވެ.

ރާއްޖޭގެ ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ރެކޯޑު މުގުރާލާފައިވަނީ ޤައުމީ ފެތުންތެރިޔާ މުޙައްމަދު އާން ޙުސެއިންނެވެ. އޭނާ ރާއްޖޭގެ ރެކޯޑު މި މުގުރާލީ 00.26.77  އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

މި ރެކޯޑު އެންމެ ފަހުން އައުކޮށްފައި ވަނީ މިދިޔަ އަހަރެވެ. 59 ވަނަ މައިލޯ/އެމްއޭއެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ ރެކޯޑު އެ ފަހަރު އައުކުރީ މުހައްމަދު ރިހާން ޝިހާމްއެވެ. އޭނާ އެ ރެކޯޑު އައުކުރީ 00.26.98 އިން ރޭސް ނިންމައިގެނެވެ.

އާން ވަނީ މިދިޔަ އަހަރު ފްރާންސްގެ ޕެރިހުގައި ކުރިޔަށްދިޔަ އޮލިމްޕިކްސްގައި ވެސް ވާދަކޮށްފައެވެ. 

ހަންގޭރީގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްގައި ދެން ރާއްޖެއިން ވާދަކުރި ހަމްނާ އަޙުމަދު ވެސް ރެކޯޑެއް އައުކޮށްފައިވެއެވެ. އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު އޭނާ މުގުރާލީ އެއް މިނެޓު 23.38 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS