Ads by Exprox

ޚަބަރު

ސްޓެލްކޯގެ "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް" ތަކާއި ގުޅޭ މަޢުލޫމާތު ދޭ ސެޝަނެއް ބާއްވަނީ

ސްޓެލްކޯގެ "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް" ތަކާއި ގުޅޭ މަޢުލޫމާތު ދޭ ސެޝަނެއް ބާއްވަނީ

ސްޓެލްކޯ. ފޮޓޯ: އެމްވީ ޕްލަސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޭޕްރީލު 2025، 03:40

22 އޭޕްރީލު 2025، 03:40

ސްޓެލްކޯގެ “މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް” ތަކާއި ގުޅޭ މަޢުލޫމާތުދޭ ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ސްޓެލްކޯގެ "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް" އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ވޯކް-އިން އިންފޮމޭޝަން ސެޝަންއެއް 24 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން 12:00 ސްޓެލްކޯގެ ޓްރެއިނިންގ ރޫމް (ފަސްވަނަ ފަންގިފިލާ)ގައި އޮންނާނެކަމަށެވެ.

މި ސެޝަންގައި މި ސްކޮލާޝިޕްތަކާއި ގުޅޭ ހުރިހާ މައުލޫމާތެއް ދެވިގެންދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ. މީގެ އިތުރުން އޮންލައިން އިންފޮމޭޝަން ސެޝަންއެއް 13:00 އިން 14:00 އަށް ބޭއްވުމަށްވެސް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ސެޝަންއަށް ރަޖިސްޓަރ ވުމަށް އެދި [email protected] އީމެއިލް ފޮނުވުމުން މީޓިންގ ލިންކު ހިއްސާކުރެވިގެންދާނެ ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS